Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށްފަހު ފިލި ދެ މީހަކު ހައިވޭއިން އަތުލައިގެންފި

ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށްފަހު ފިލި ދެ މީހަކު ހައިވޭއިން އަތުލައިގެންފި
ހުޅުމާލެ، ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑު ކައިރީގައި ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން މާލެ އަންނަން މަސައްކަތްކުރި ދެ މީހަކު އަތުލައިގެންފި އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުން ހަމަލާ ދިނީ ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ކަމަށެވެ. އެ މީހާއަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކުރީ ރޭ 11:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. "މި މާރާމާރީގައި ހަމަލާދީފައި ވަނީ ކޯރާޑިއަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،" މެސެޖުގައިވެ އެވެ. އެ އިދާރާއިން ބުނި ގޮތުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމުގަ އެވެ. މާރާމާރީ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ:
  • ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހިމް (25އ)
  • ބ. ގޮއިދޫ، ސައިފްﷲ ފައިސަލް (19އ)
"އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވޭ. އަދި ވަޅިއެއް ވެސް ވަނީ ފެނިފައި،" މެސެޖުގައިވެ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް