ކޯރާޑިއަކުން ހަމަލާދިން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ހުޅުމާލެ، ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑު ކައިރީގައި ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން މާލެ އަންނަން މަސައްކަތް ކުރަނިކޮށް އަތުލައިގަތް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.
ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދީފައި ފިލަން މަސައްކަތްކުރި ދެ މީހަކު އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނީ އާދިއްތަ ދުވަހު އެވެ. އެ މީހާއަށް ހަމަލާދީފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކުރީ ހޮނިހިރު ދުވަހުގެ ރޭ 11:35 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ އިދާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ކަމުގަ އެވެ.
މާރާމާރީ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ:
- ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހިމް (25އ)
- ބ. ގޮއިދޫ، ސައިފްﷲ ފައިސަލް (19އ)






ކޮމެންޓް