ޚަބަރު ވިޔަފާރި

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލެޔާ ހޮވަން ވޯޓުލާން ހުޅުވާލައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް ގެ ކުޅުންތެރިން

އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ އަލްޓިމޭޓް ޕްލެޔާ ހޮވުމަށް ވޯޓުލާން ހުޅުވާލައިފި އެވެ.

Ads by Hajj Corporation

ވޯޓުލާން ހުޅުވާލީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.

އުރީދޫން މިއަދު ބުނީ އަންނަ ބުރާސްފަތި (20 ފެބްރުއަރީ) އާ ހަމައަށް ވޯޓުލާން ހުޅުވާލާފައިވާއިރު ވޯޓުލާން ޖެހޭނީ ކުޅުންތެރިޔާއަށް ދީފައިވާ ޕްލޭޔާ ނަމްބަރު ޖެހުމަށްފަހު، 9144495 އަށް އެސްއެމްއެސްއެއް ފޮނުވައިގެން ކަމަށެވެ.

އުރީދޫ އަލްޓިމޭޓް ޕްލޭޔާއަށް ވާދަކުރާ ޕްލޭޔަރުންނާ އެ ޕްލޭޔަރުންނަށް ދީފައިވާ ކީވޯޑްތައް (އިނގިރޭސިން ލިޔެފައިވަނީ ކީވޯޑްތައް) އެވެ.

ޕްލޭޔާ 1 އަހުމަދު އަޒީން ނަޒީމް/ޕަބްޖީއެމް - SdmzAGENT27 

•⁠ އުރީދޫ ނޭޝަން ޕަބްޖީއެމް ކޮންޓެންޑާ ސީރީޒް އެސްވަން ޗެމްޕިއަންސް
•⁠ އައިއީއެސްއެފް ނޭޝަނަލް ކޮލިފައިން ޗެމްޕިއަންސް
•⁠ އައިއީއެސްއެފް ރީޖަނަލް ކޮލިފަޔާސް
• ⁠ ⁠⁠ޑިސިމޭޝަން މޯލްޑިވްސް އިންޑިޕެންޑެންސް ލީގު ޗެމްޕިއަންސް
•⁠ ⁠ޕަބްޖީ މޮބައިލް ގޭމްއޮވާ ލީގު ރަނާސް އަޕް

 ޕްލޭޔާ 2 އަހުމަދު މާހިލް/ އެމްއެލްބީބީ Reaper(maal)

  • އުރީދޫ ނޭޝަން ކޮންޓެންޑާ ސީރީސް S1
  • ނޭޝަނަލް ލީގު ކޮލިފަޔާ ޗެމްޕިއަންް
  • 333 ސްޓާސް ގްލޯބަލް ރޭންކިން

ޕްލޭޔާ 3 ހައިޝަމް ވަހީދު/ ޕަބްޖީއެމް - SdmzHAITTEz

  • އުރީދޫ ނޭޝަން ޕަބްޖީއެމް ކޮންޓެންޑާ ސީރީޒް އެސްވަން ޗެމްޕިއަންސް
  • އައިއީއެސްއެފް ނޭޝަނަލް ކޮލިފަޔާސް ޗެމްޕިއަންސް
  • ⁠އައިއީއެސްއެފް ރީޖަނަލް ކޮލިފައިން -12
  • ⁠ޑިސިމޭޝަން މޯލްޑިވްސް އިންޑިޕެންޑެންސް ލީގު ޗެމްޕިއަންސް
  • ⁠ޕަބްޖީ މޮބައިލް ގޭމްއޯވާ ލީގު ރަނާސް އަޕް

ޕްލޭޔާ 4 ހަސަން ޝަމްހާން /އެމްއެލްބީބީ - Maadh’s(feet)
•⁠ އުރީދޫ ނޭޝަން ކޮންޓެންޑާ ސީރީޒް 1 ވިނާ
• ⁠⁠ނޭޝަނަލް ޓީމް ކޮލިފަޔާ ޗެމްޕިއަން
•⁠ ⁠⁠333 ސްޓާސް ގްލޯބަލް ރޭންކް

ޕްލޭޔާ 5 ރާއިދު ހަސަން/ އީއޭއެފްސީ - Paloma 

  • އުރީދޫ ޓޫވީޓޫ ޔޫރޯ ޗެމްޕްސް
  • ކޮންޓެންޑާ ސީރީޒް 1 ރަނާއަޕް
  • އެމްވީޔުނިފައިޑް ގޭމިންގައި ކެޕަޓަންކަން ކުރިއިރު އެފްސީ 24 ކްލަބްސް ސަފާ ޕްރޯ ލީގުގެ ސީޒަން 2 ގެ ގަދަ 4 ވަނައަށް (ސައުތް އޭޝިއަން ފުޓްބޯލް އެލަޔަންސް)
  • އެމްވީޔޫނިފައިޑް ގޭމިން ގައި ކެޕްޓަންކަން ކުރިއިރު އެފްސީ25 ސަފާ ޕްރޯ ލީގުގެ ސީޒަން 3 ގެ ފައިނަލަށް
  • އެފްސީ24 ގައި ގްލޯބަލް ލީޑާބޯޑްގެ ޓޮޕް 100 މަގާމް ހާސިލްކޮށްފައިވުން
  • އެފްސީޕްރޯ އޮޕެން ލެޑާ (އޭޝިއާ ސައުތް) އެފްސީ25 ޓޮޕް 50 ލީޑާޝިޕް ބޯޑުގައި ހިމެނޭ

ޕްލޭޔާ 6 ޒަމީލް ޒިހުނީ/ އީއޭއެފްސީ - iCotun

•⁠ ⁠އުރީދޫ ކޮންޓެންޑާ ސީރީޒް އެސް 1 ޗެމްޕިއަން
• ⁠ނޭޝަނަލް ޓީމް ޕްލޭޔާ
• އޭޝިއަން ގޭމްސް ބެންކޮކް ގައި ބައިވެރިވި
• ⁠⁠ޖީ 1 ގޭމިން - ތަންޑަރަސް ތާސްޑޭ ޔޫޓީ ގެ ނަސީބުވެރިޔާ

އުރީދޫން ބުނީ ކުޅުންތެރިންނަށް ވޯޓުލެވޭނީ އުރީދޫގެ ކަސްޓަމަރުންނަށް އެކަނި ކަމަށެވެ. އަދި ކޮންމެ އެސްއެމްއެސް އަކަށް 0.20 ލާރި ޗާޖުކުރާނެ އެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އަލްޓިމޭޓް ޕްލޭޔާއަށް ހޮވޭ ފަރާތައް 30،000ރ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުންޏެވެ.