ޚަބަރު

އަޒީމާ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އާޒިމާގެ ރައީސްކަމުގެ ފަތްކޮޅު، އިންޑިއާގެ ރައީސަށް އަރުވަނީ/ ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އައިޝަތު އަޒީމާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސާ ދުރުޕަތީ މުރުމުއަށް މިއަދު އަރުވައިފި އެވެ.

Ads by Hajj Corporation

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު "ރާސްތްރަޕަތީ ބަވަން" ގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމު ވަނީ ސަފީރު އަޒީމާއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައި ކަމަށެވެ.

އެ ބައްދަލުވުމުގައި ސަފީރު އަޒީމާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ރައްޔިތުންގެ ފަރާތުން ހެޔޮއެދުންތަކާއި ތަހުނިޔާ، އިންޑިއާގެ ރައީސާއަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވި އެވެެ. އަދި ރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރި އެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދުއޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުވާލައި މިގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު އެކަމަނާ ފާހަަގަކުރެއްވި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި އަހަރަކީ ރާއްޖެ އާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އަދި އިންޑިއާ ހިމެނެނީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!