ރޯދަ މަހާ ދިމާކޮށް ވެމްކޯއިން ކުނި ނަގައިދޭ ގަޑިތަކަށް ބަދަލެއް

މި ފެށޭ ރޯދަ މަހާ ދިމާކޮށް ވެމްކޯއިން ކުނި ނަގައިދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ވެމްކޯއިން އާންމުކޮށް ކުނި ނަގައިދެނީ އިރުއޮއްސި ހަޔަކުން ރޭގަނޑު 12:30 އަށެވެ.
ނަމަވެސް ވެމްކޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން މިއަދުން ފެށިގެން އަންނަ އޭޕްރީލް ހަތަކާ ހަމައަށް ކުނި ނަގައިދޭނީ ރޭގަނޑު 08:30 އިން ފެށިގެން ކަމަށެވެ. އެއީ މިއަދުން ފެށިގެން ޝަހުބާން މަހުގެ ހަ ރޯދަ ދުވަސް ވެސް ނިމެންދެނެވެ.
ކުނި ނަގައިދޭ ވަގުތު ނިންމާ ގަޑިއެއް އޭގައި ނެތެވެ. ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ އެ މުއްދަތުގައި ދަންވަރު 2:30 ވަން ދެން ކުނި ނަގައިދޭނެ ކަމަށެވެ.
ރޯދަ މަހާ ދިމާކޮށް ވެމްކޯއިން މިހާރު ދަނީ މާލެ ސާފުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދަމުން ނެވެ.