Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑައިވިނަށް ފޭބި ޓޫރިސްޓަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ

ޑައިވިނަށް ފޭބި ޓޫރިސްޓަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ

ވ. އަތޮޅުގައި ހިންގާ ރިސޯޓަކުން ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި މަރުވެއްޖެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ހާދިސާގައި މަރުވީ ރިސޯޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު އިޓަލީގެ ފަތުރުވެރިއެއް ކަމަށެވެ. އެއީ އުމުރުން 65 ފިރެހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޑައިވިނަށް ގޮސް އުޅެނިކޮށް، ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި އެ މީހާ މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ހާއިރު ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވާއިރު، ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް