ޚަބަރު

ޝައްފާން ނިޔާވިއިރު ކައިވެންޏަށްވީ 16 ދުވަސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް މިއަދު ހަވީރު ނިޔާވި މ.ބޮއިލިންގ ފިޝް ޝައްފާން ރަޝީދު (24އ)ގެ މަރުގެ ވާހަކައިން އެތައް ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

މިމަހުގެ ހަވަނަ ދުވަހު އަލަތު ކައިވެންޏެއް ކުރި ޝައްފާންގެ ކައިވެންޏަށް މިއަދަށް ވާނީ 16 ދުވަހެވެ.

ސޮފްވާން ސްނޯކްލިން އަށް ގޮސްފަައިވަނީ މިއަދު ހެނދުނު 11:00 ހާއިރުއެވެ. ސްނޯކްލިން އަށް އޭނާ ދިޔައީ ވެސް އެކަނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭނާ އެނބުރި ނުގޮސްގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ 16:36 ހާއިރުގައެވެ. އަދި މޫދުގެ 12.1 މީޓަރު އަޑިން އޭނާގެ ހަށިގަނޑު ފެނުނީ 17:30 ހާއިރެވެ.

އެނގިފައިވާ ގޮތުގައި ސޮފްވާން މަސައްކަތް ކުރަމުން ދިޔައީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަޔަރ ފައިޓަރެއްގެ ގޮތުގައެވެ.

މޫދު އަޑިން ޝައްފާން ގެ ހަށިގަނޑު ފެނުނީ އާއްމުންގެ ޑައިވަރުން ތަކަކަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ. އޭނާގެ ހަށިގަނޑު އެވަގުތު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance
  1. ޢިންސާފު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
    މަރްޙޫމްގެ ފުރާނައަށް ރަހުމަތް ލައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި! امين

  2. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

  3. آمين

  4. Anonymous

    ދުޢާ އަކީ ދެކުދިން ޖަންނަތުން ބައްދަލުވުން. ބީ ސްޓްރޯންގް ތުހޫ.

  5. އިސާމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
    މަރްޙޫމްގެ ފުރާނައަށް ރަހުމަތް ލައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި! امين