Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފަޒީން ވަކިކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވައިފި

ފަޒީން ވަކިކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީންއާ މެދު ގޮތެއް ނިންމަަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

އެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ގޮތުން ބައްދަލުވުމެއް މިރޭ ބޭއްވި އެވެ. އެކަމަކު  ބައްދަލުވުމުގައި އެޖެންޑާކޮށްފައި ވަނީ ކޮންކަމަކާ ގުޅޭ ގޮތުން ހާމަކޮށްފައި ނުވި ނަމަވެސް އެ ބައްދަލުވުމަކީ ފަޒީންގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްކަން ކޮމިޓީގެ ބައެއް މެންބަރުން ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

މިރޭ ބައްދަލުވުމުގައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އަދި ކޮމިޓީގެ ނައިބް މުގައްރިރު ހުށަހެޅީ އެ މައްސަލަ ބަލަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

Advertisement
HDC — Sidebar (box)

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން މައްސަލަ ބަލާނީތޯ ނުވަތަ ނޫންތޯ ނިންމަން ތަޅުމަށް ފޮނުވަން ފާސްކޮށްފައިވެ އެވެ.

ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދިފައިވާތީ އެ ފުރުސަތު ފަޒީނަށް ދިނުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

އޭނާ ވަކިކުރުމުގެ އިޖުރާތްތައް ފެށޭނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

ފަޒީންގެ މައްސަލަ ކޮމިޓީން ވަނީ ފުލުހަށްވެސް ހުށަހަޅާފަ އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވެސް ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ފަޒީންގެ އިތުރުން ބްރޯޑްކޮމްގެ މެންބަރުންވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް