ޚަބަރު ސަރުކާރު

މި ރޯދައިގެ ވެސް ފަހު ދިހައެއްގައި ސަރުކާރު ބަންދުވާނެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް އޮފީސް / ފޮޓޯ:ދެން އިމޭޖްސް

މި ހިނގާ މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ދުވަސްތަކެއް ކަމުގައި ކަނޑައަޅައިފި އެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް ކަނޑައަޅާފައި ވަނީ މިދިޔަ ރޯދަ މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ނެރުނު ދެންނެވުމުން ހަމަޖައްސާފައިވާތީ ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާ އަދި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ އޮފީހުން ބުންޏެވެ.

ރޯދަ މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ވެސް ރައީސް އޮފީހުގެ ދެންނެވުމުގައި ވަނީ އަންގާފަ އެވެ.

ރޯދަ މަހުގެ ފަހު ދިހަ ދުވަސް ބަންދު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ވެވަޑައިގެންފައި ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބ. އޭދަފުށީގައި ބޭއްވި ޖަލްސާގަ އެވެ.

Ads by HDC
  1. ޕްރައިވެޓް ސެކްޓަރ ގަ މަސައްކަތްކުރާ މީހުންނަކީ ދީނީ ކަންކަން ކުރަންޖެހޭ ބައެއްނޫންދޯ؟ ގާނޫނަކުން މިކަންވެސް ހަމަޖައްސަދޭންވީނު؟