ޚަބަރު

ދ. އަތޮޅުގައި ދަތުރުދާން ހެދި އުއްދޫ ހުޅުވަން ތައްޔާރުވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދ. އަތޮޅުގައި ދަތުރުދާން ތަރައްގީކުރަމުންދާ އުއްދޫ--ފޮޓޯ/ ލޯކަލް ގަވާަމަންޓް މިނިސްޓްރީ

ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖެއްސި ދ. އުއްދޫ، އާންމުންނަށް ހުޅުވާލަން ތައްޔާރުވުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށައިފި އެވެ.

Ads by MPL

އުއްދޫއަކީ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކުރި ރަށެކެވެ. ނަމަވެސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބުމާއެކު އެ ރަށަކީ ދަތުރުދާ ރަށެއްގެ ގޮތުގައި މިދިޔަ މަހު އޮތީ ހަމަޖައްސައިފަ އެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު ބުނީ ދަތުރުދާާން އުއްދޫ ހުޅުވާލުމުގެ ކުރިން އެ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް ހާލަތު ބަލައިފައިވާ ކަމަށެވެ. އަދި ދަތުރުދާ ރަށެއްގެ ގޮތުގައި ހުޅުވައިލާއިރު އެ ރަށަށް ގެންނަންޖެހޭ ބަދަލުތަކާއި، އިންތިޒާމުތައް ހުންނަންޖެހޭ ގޮތް ވެސް މިހާރު ދެނެގަނެފައިވާ ކަމަށް ބުންޏެވެ.

"މިނިސްޓްރީން އުންމީދުކުރަނީ މި ވަފުދުން އެކުލަވައިލާ ރިޕޯޓުގެ އަލީގައި، ގެންނަންޖެހޭ ބަދަލުތައް އުއްދޫއަށް ގެނެސް، ރައީސްލްޖުމްހޫރިއްޔާ ނިންމަވައިފައިވާ ފަދައިން ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ." ލޯކަލް  ގަވާމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ ރަށް ހުޅުވާނެ ސީދާ ތާރީހެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ މަހު މީދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ އަތޮޅުގެ މީދޫގައި އެމަނިކުފާނު ވިދާޅުވީ އުއްދޫ ބަލަހައްޓާނީ ލޯކަލް ގަވާމަންޓް މިނިސްޓްރީން ކަމަށެވެ.

Ads by Allied Insurance