އިމިގްރޭޝަނުގެ ރަސްމީ ގަޑި ހެނދުނު 8 އިން މެންދުރުފަހު 2 އަށް ބަދަލުކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމަށްވާ ހެނދުނު 8 އިން މެންދުރުފަހު 2 އަށް ބަދަލުކޮށްފި އެވެ.
މީގެކުރިން އިމިގްރޭޝަނުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އެވެ.
އިމިގްރޭޝަނުން ރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމުގައިވާ ހެނދުނު 8 އިން މެންދުރުފަހު 2 އަށް މިއަދުން ފެށިގެން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރަސްމީ މަސައްކަތު ގަޑި ބަދަލުކުރި ނަމަވެސް އެ އިދާރާއިން ދެމުންގެންދާ ޕާސްޕޯޓާއި ވިސާ އާ ގުޅުންހުރި ހުރިހާ ހިދުމަތްތަކެއް މިހާރު ވެސް ދެމުންދާ ގަޑިތަކުގައި އާންމުންނަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

Ads by Allied Insurance