ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މިފަހުން ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައިވާ އީ-ކޮމާސް ޕްލެޓްފޯމް، ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ޓެމޫގެ ނަމުގައި ސައްހަ ނޫން ވެބްސައިޓްތައް ހެދުމާއި ފިޝިން މެސެޖްތައް ފޮނުވުމާއި އަދި އެ ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަން ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ ފުލުހުން ވަނީ ގޮތް ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވެ، ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ހިލާފު ޑޮމެއިންތަކަށް) ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރި ކަންކަން:
- "ޕާރުސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަން ޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުން
- ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުން
- ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަ އޮތެންޓިކޭޝަން ބޭނުންކުރުން






ކޮމެންޓް