ޚަބަރު

ސައުދީން 25،000 މުސްހަފު ހަދިޔާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސައުދީން ރާއްޖެއަށް މުސްހަފު ހަދިޔާކުރުމުގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލެއާއި އަތޮޅުތަކުގެ ގުރްއާން ކުލާސްތަކާއި ގުރްއާން ހިތުދަސްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުސްހަފު، ސައުދީ އަރަބިއްޔާގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީ އަށް ހަދިޔާކޮށްފި އެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ޝިޕްމެންޓުގައި 25،000 މުސްހަފު ސަރުކާރުން ރާއްޖެއަށް ފޮނުއްވާފައިވާ ކަމަށެވެ.

މި މުސްހަފުތައް ހަވާލުކޮށްފައި ވަނީ މިނިސްޓްރީއާއި ސައުދީ އެމްބަސީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. އެ މުސްހަުތައް ވުޒާރާއާއި ހަވާލުކޮށްދެއްވީ ސައުދީ އެމްބަސީގެ ފަރާތުން ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މުސްހަފްތަކާއި ހަވާލުވެލެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެ ރަސްމިއްޔާތުގައި ޝަހީމް ވަނީ ރާއްޖެއަށް ދެމުންދާ ދީލަތި އެހީތެރިކަމަށް ޓަކައި ސައޫދީ ރަސްގެފާނު ސަލްމާން ބުން އަބްދުލް އަޒީޒާއި އެމަނިކުފާނުގެ ވަލިއްޔުލް އަހުދު އަލްއަމީރު މުހައްމަދު ބުން ސަލްމާންއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަދި މިއީ ސައުދީއާ ރާއްޖެއާއި ދެމެދު އޮތް ގުޅުން ހާމަވެގެންދާކަމެއް ކަމަށާއި ސައުދީ ސަރުކާރުން ހަދިޔާކުރި މުސްހަފްތަކަކީ ގުރުއާނުގެ އިލްމު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުރްއާން ކުލާސްތަކާއި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށް ސަރުކާރުން ބުންޏެވެ.

Ads by Allied Insurance