Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު އަރުވަން ކުންފުނިތަކުގެ ވެރިން ރައީސް އޮފީހަށް

މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު އަރުވަން ކުންފުނިތަކުގެ ވެރިން ރައީސް އޮފީހަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން، އެކި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.

ސަރުކާރުގެ މިނިސްޓަރުންވެސް ބައިވެރިވެލައްވައި ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ އެ ބައްދަލުވުމެއްގައި އެސްޓީއޯ، ވެމްކޯ، ފެނަކަ، އާރުޑީސީ، އެމްޓީސީސީ، އެމްޑަބްލިއުއެސްސީ ހިމެނޭ ގޮތަށް ކުންފުނިތަކުގެ އެމްޑީން ވަނީ އެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ ރައީސް މުއިއްޒުއަށް ހިއްސާކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތާރީހަށް މަޝްރޫއުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާކަންކަން އޮޅުންފިލުއްވާފަ އެވެ.

Advertisement
Ooredoo — Square (box)

އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީ އިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫއުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ރައީސް ބާރުއެޅުއްވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް