ޚަބަރު

ކައިވެނި ނުކުރާ މީހުންނަށް ވެސް ހައުސިން ސްކީމުތަކުން ފުރުސަތު ލިބޭނެ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ރައީސް އޮފީސް

ކައިވެނި ނުކުރާ މީހުންނަށް ވެސް ކުރިއަށް އޮތް ތަނުގައި ހައުސިން ސްކީމުތަކުން ފުރުސަތު ލިބޭނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

ރާއްޖޭގެ ޔޫޓިއުބް ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމަކީ ޒުވާނުންނަށް ވެސް އަދި އެހެން ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކަމަށެވެ،

ހާއްސަކޮށް މާލެ ފަދަ ފުުރިބާރުވެފައި އޮންނަ ތަނެއްގައި އެ ބޭނުން ބޮޑުކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އެކަމަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ،

"އެކަން ކުރަން މަސައްކަތް މި ކުރަނީ މިސާލަކަށް މާލެ ސަރަަހައްދުގައި ވެއްޖިއްޔާ ބިން އުފައްދަން ޖެހޭ. އަދި ހައުސިން ޕްރޮޖެކްޓްސް ހިންގަން ޖެހޭ. ޕްލަސް ހައުސިން ލޯނު ދޫކުރުންވެސް، މިހާރު މި ހުރިހާ ދިމާލަކުން މަސައްކަތް އެބަކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހައުސިން ޕްރޮޖެކްޓްސްތައް ފެށުމުން ޒުވާނުން ކުދިންނާއި ކައިވެނިނުކޮށް ތިބޭ ކުދިންނަށް ވެސް އަދި އަލަށް ކައިވެނި ކުރާ ކުއްޖާއަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތުތަކެއް ދޭނެ ކަމަށެވެ.

"މިސާލަކަށް ބައެއް ކުދިންނަށް ކައިވެނި ނުކުރެވޭ ވަންނާނެ ތަނެއް ނެތިގެންވެސް. އެހެންވީމާ އެކި ކެޓީގަރީޒް އެބަ އަންނަން ޖެހޭ. އެ ވިސްނުމުގައި ކުރިއަށް އޮތް ތަނުގައި ފުރުސަތުތައް ލިބޭނެ" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ފުރުސަތުތައް ލިބުމުން ވަރަށް ގިނަ ކަންކަން ހައްލުވާނެ ކަމަށެވެ.

 

Ads by Ooredoo