އިތުބާރާއެކު ޢިމާރާތްކުރުމުގެ ބައިވެރިޔާ

ޢިމާރާތްކުރުމުގެ ޕްރޮޖެކްޓުތަކަކީ ހިންގުމަށް މާސިންގާ މަޝްރޫއުތަކެކެވެ. ލަގްޒަރީ ރިސޯޓެއް، ރެޒިޑެންޝަލް އިމާރާތެއް، އޮފީސް ބިލްޑިންގްއެއް، ނުވަތަ ގެއެއް ވިޔަސް ކޮންމެ މަޝްރޫއަކަށް ބޮޑެތި ޚަރަދުތަކެއް ހިނގައެވެ. އެތައް ވަގުތެއް ހޭދަވެއެވެ. ގިނަ ބައެއްގެ ވަގުތާއި މަސައްކަތް ލާން ޖެހެއެވެ. މިފަދަ ބޮޑެތި މަޝްރޫއުތަކަކީ ރިސްކް ނުވަތަ ހިރާސްތަކެއް ވެސް ހިމެނޭ ކަންކަމެވެ. އަލިފާނުގެ ހާދިސާއެއް، ފެންބޮޑުވުން، އިކުއިޕްމަންޓަށް ގެއްލުންވުން، ނުވަތަ ތިންވަނަ ފަރާތަކަށް ކުރިމަތިވާ ގެއްލުމެއް ވެސް ކުރިމަތިވެގެން މަޝްރޫއަށް ބުރޫއެރުމަކީ ހިނގާފާނެ ކަމެކެވެ. އެހެން ނަމަވެސް މިފަދަ މަޝްރޫއަކަށް އެކަށީގެންވާ ރައްކާތެރިކަމުގެ ޕްލޭނެއް ތަންފީޒުކޮށްގެން ޓައިމްލައިނާއި ބަޖެޓުން ކައްސާނުލައި އޮމާންކަމާއި ކާމިޔާބުކަމާއެކު މަޝްރޫއު ނިންމާލެވިދާނެއެވެ.
އެލައިޑްގެ "ކޮންޓްރެކްޓާރސް އޯލް ރިސްކް" ޕްލޭނަކީ މިކަމަށް އެންމެ އެކަށީގެންވާ އިންޝުއަރަންސް ޕްލޭނެވެ. ޢިމާރާތްކުރުމުގެ ދާއިރާއަށް ޚާއްސަ މި ޕްލޭނަކީ މަޝްރޫއުތަކުގެ ވަށައިގެން ލެވޭ ރައްކާތެރިކަމުގެ ފަށަލައެކެވެ. ދިމާވާ ކަމަކުން މަސައްކަތަށް ނުވަތަ ބަޖެޓަށް ތާށިކަމެއް ނައިސް މަޝްރޫއު ކުރިއަށް ގެންދެވިދާނެކަމުގެ ގެރެންޓީއެކެވެ.
މި ޕްލޭނުގެ ދަށުން ލިބޭ އެންމެ މުހިންމު ރައްކާތެރިކަމަކީ މަޝްރޫއު ހިންގާ ސައިޓަށް ކުރިމަތިވާ މާއްދީ ގެއްލުންތަކެވެ. އޭގެ ތެޜޭގައި ރެޒިޑެންޝަލް، ކޮމާޝަލް ނުވަތަ ރިސޯޓު ތަރައްޣީކުރުމުގެ މަޝްރޫއުތަކުގެ މަސައްކަތުގެ ސައިޓުތަކަށް ކުރިމަތިވާ ގެއްލުން، އަދި މެޝިނަރީ އާއި އިކުއިޕްމަންޓަށް ލިބިދާނެ ގެއްލުންތަކަށް މި ޕްލޭނުން ބަދަލު ލިބޭނެއެވެ. އެއީ އަލިފާނުގެ ހާދިސާތައް، ހޮނުއެޅުން، ފެންބޮޑުވުން، ވައްކަން ކުރުން، ކަރަންޓު ޝޯޓުވުން ފަދަ ހާދިސާއެއްގެ ސަބަބުން ލިބޭ ގެއްލުމެއް ވިޔަސް ބަދަލު ލިބޭނެއެވެ.
މީގެ އިތުރުން މަޝްރޫއު ހިންގަމުން ދާ އިރު، މަސައްކަތުގެ ސަބަބުން ތިންވަނަ ފަރާތަކަށް ކުރިމަތިވާ ޖިސްމާނީ އަނިޔާއެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުދަލަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން ކޮންޓްރެކްޓަރު އުފުލަން ޖެހިދާނެ ގާނޫނީ ޒިންމާތަކަށް ވެސް ޕްލޭނުގެ ދަށުން ކަވަރޭޖު ލިބޭނެއެވެ.
ކޮންސްޓްރަކްޝަން ދާއިރާގައި، މަޝްޜޫއަކަށް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގޮސް ލަސްވުމަކީ ބޮޑެތި އިތުރު ޚަރަދުތަކެއް ހިނގާ ކަންކަމެވެ. އަދި ކުރިމަތިވާ ހާދިސާއެއްގެ ސަބަބުން މުޅި މަޝްރޫއުގެ ޕްރޮގްރެސްއަށް ކުއްލިއަކަށް، ވަރަށް ބޮޑު ބުރުލެއް އަރާފާނެއެވެ. ކޮންޓްރެކްޓާރސް އޯލް ރިސްކް ކަވަރޭޖެއް އޮތުމަކީ މިފަދަ ކަންކަމުގެ ސަބަބުން އަންނަ ބުރަތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ. އުންމީދުނުކޮށް ހުންނަ ގެއްލުމަކުން އަވަހަށް އަރައިގަނެ، ދިމާވާ ގެއްލުމަކާ މެދު ފިކުރު ކުރުމުގެ ބަދަލުގައި ކުރިމަތިވި ކަމުން އަރައިގަނެ މަޝްރޫއައިގެން ކުރިއަށް ދިއުމަށް އިސްކަން ދިނުމަށް ލިބޭނެ އެހީތެރިކަމެކެވެ. ލިބެނީ މަޝްރޫއު ހިންގުމުގެ މުއްދަތަށް ވަރުގަދަ އިތުބާރެކެވެ.
ޢިމާރަތްކުރުމުގެ މަޝްރޫއެއް ފެށުމުގެ ކުރިން އެލައިޑްގެ "ކޮންޓްރެކްޓާރސް އޯލް ރިސްކް" ޕްލޭން ބައްލަވާލައްވާށެވެ.