ފަސް މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ

ގދ. އިން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ފަސް މީހުންނާ އެކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލުނު އިރު އެ ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ފުލުހުން މިރޭ އެކްސްގައި ބުނީ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އުޅަނދުތައް އޮންނަތަން ޓްރެކްކުރާ އެޕް "ފޮލޯ މީ" އިން ދައްކާ ގޮތުން އެ ދޯނި އެންމެ ފަހުން އޮތީ ހުވަދު އަތޮޅާ ލާމު އަތޮޅާ ދެމެދު އެވެ.

Ads by HDC