Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ރަފާލް މަރުކާގެ 26 ޖެޓު ގަތުމަށް އިންޑިއާއިން ފަރަންސޭސިވިލާތާ އެކު ސޮއިކޮށްފި

ރަފާލް މަރުކާގެ 26 ޖެޓު ގަތުމަށް އިންޑިއާއިން ފަރަންސޭސިވިލާތާ އެކު ސޮއިކޮށްފި

އިންޑިއާއިން ފަރަންސޭސިވިލާތާ އެކު 7.4 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން 2030 ނިމުމުގެ ކުރިން ފަރަންސޭސިިވިލާތުން ރަފާމް މަރުކާގެ 26 ފައިޓަރު ޖެޓު އިންޑިއާއަށް ސަޕްލައިކުރަން ޖެހޭނެ އެވެ.

އިންޑިއާގެ އަސްކަރިއްޔާގައި މިހާރު ވެސް ރަފާލް މަރުކާގެ ފައިޓަރު ޖެޓު ބޭނުންކުރެ އެވެ. ޚަބަރުތައް ބުނާ ގޮތުން އިންޑިއަތުގައި 36 ރަފާލް ފައިޓަރު ޖެޓު މިހާރު ވެސް އެބަ އޮތެވެ. މިއީ އިންޑިއާގެ އަސްކަރިއްޔާ ޒަމާނީކޮށް ވާދަވެރިންނަށް ވުރެ ކުރިއަރައިގެން ދިއުމަށް އިންޑިއާއިން ފަށާފައިވާ މަޝްރޫއެކެވެ. އިންޑިއާއަށް މި ޖެޓުތައް ލިބުމުން، އަސްކަރިއްޔާގައި ބޭނުންކުރާ ދުވަސްވީ -- ސޯވިއެޓް ޒަމާނުގެ ފައިޓަރު ޖެޓުތައް ތަމްރީންތަކަށް ޚާއްސަކުރާނެ އެވެ.

ފަރަންސޭސިވިލާތާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފައިޓަރު ޖެޓުތަކުގެ އިތުރުން އިންޑިއާގައި މިހާރު ބޭނުންކުރާ ފައިޓަރު ޖެޓުތައް ޒަމާނީކުރުން ވެސް އޮންނާނެ އެވެ. އިންޖީނުގެ ބައިތައް އާކޮށް ޒަމާނީ ޓެކްނޮލޮޖީ ހިމެނުން ވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ. މި އެއްބަސްވުމުގެ ދަށުން ޕައިލެޓުން ތަމްރީންކުރުމާއި، ތަމްރީން ޕްރޮގްރާމްތައް ފަރަންސޭސިވިލާތުގައި އަދި އިންޑިއާގައި ހިންގުން އޮންނާނެ އެވެ. އަދި މި މަރުކާގެ ފައިޓަރު ޖެޓުތަކަށް ބޭނުންވާ ބައެއް އާލާތްތައް އިންޑިއާގައި އުފައްދަން ވެސް ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.

Advertisement
Ooredoo — Truecaller (box)

އިންޑިއާގެ އަސްކަރިއްޔާގައި މިހާރު ހުރި ރަފާލް މަރުކާގެ 36 ޖެޓު ގަތުމަށް ފަރަންސޭސިވިލާތާ އެކު ސޮއިކުރީ 2016 ގައި -- 8.8 ބިލިއަން ޑޮލަރަށެވެ. ފަރަންސޭސިވިލާތުން މިހާޜު ވަނީ މި ހުރިހާ ޖެޓެއް އިންޑިއާއާ ހަވާލުކޮށްފަ އެވެ. އިންޑިއާއިން ހަނގުރާމަ މަތީ އާލާތްތަކަށް ބަޖެޓު ކަނޑައަޅަމުން ދާއިރު، އަަވައްޓެރި ޕާކިސްތާންއާ އެކު އޮތް ގުޅުމުގައި ވަނީ ހުޅުހިފާފަ އެވެ.

އިންޑިއާއާ ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި ހަމަލާ ބަދަލުކުރާ ހިސާބަށް ގޮސްފައި މިވަނީ، ކަޝްމީރުގެ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެންނެވެ. މި ހަމަލާގައި 26 މީހަކު ވަނީ މަރުވެފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް