Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

އެސްޓޯނިއާގެ އެކްސްޕާޓުންނާއެކު ޑިޖިޓަލް ކޮންފަރެންސެއް ފަށަނީ

އެސްޓޯނިއާގެ އެކްސްޕާޓުންނާއެކު ޑިޖިޓަލް ކޮންފަރެންސެއް ފަށަނީ
ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ މަސައްކަތްތައް ފެށުމާ ގުޅޭ ގޮތުން މާދަމާ ޑިޖިޓަލް ކޮންފަރެންސެއް ފަށާ ގޮތަށް ނިންމައިފި އެވެ. ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ގެ މިއަދުގެ ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާދަމާ ރޭ ފަށާ އެ ކޮންފަރެންސަކީ ރާއްޖެ ޑިިޖިޓަލައިޒް ކުރުމުގެ ފެށުން ކަމަށެވެ. އެ ކޮންފަރެންސަށް އެސްޓޯނިއާގެ އެކްސްޕާޓް ޓީމެއްވެސް ރާއްޖެ ވަޑައިގެންފައިވާ ކަމަށާ އަދި އެސްޓޯނިއާގައި ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ފެށި އެއް ޕައިނިއާ، އެކަމުގެ އެންމެ ބޮޑު އެކަކު ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. https://twitter.com/presidencymv/status/1920395418728288725 ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ރާއްޖޭގައި ނިޒާމު އެއްކޮށް ބަދަލުވާން ކަމަށެވެ. އަދި ރަނގަޅު ނިޒާމެއް ގާއިމްކުރެވިގެން ދިޔުމުން ރައްޔިތުންނަށް ފަސޭހަވާނެ ކަމަށެވެ. ކުރު ރާސްތާއެއްގައި އެކަން ކުރަން ބޭނުންފުޅުވާކަން ރައީސް ހާމަކުރެއްވި އެވެ.
އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވިން، މިކަން ވާނެހޭ، އަޅުގަނޑުމެން 4 އަހަރުން ކުރަން ބޭނުމޭ. ދެން އެ ބޭފުޅުން ވިދާޅުވި، އަޅުގަނޑުމެންނަށް ވާނެއޭ މި ކަންތައް. ތިމަންނަމެންގެ ތަޖުރިބާގެ އަލީގައި، ތިމަންނަމެން ގޯ ތްރޫކުރި ހުރިހާ ކަމެއް، ތިމަންނަމެންނަށް އެނގޭނެއޭ ކިޔައިދޭން. އެހެންވީމާ، އަޅުގަނޑު މި މަސައްކަތް ކުރަނީ، އެ ބޭފުޅުން ފަންސަވީސް އަހަރުން ކުރި ކަންތައް ހަތަރު އަހަރުން ކުރެވޭތޯ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލައިޒް ކުރެވިގެން ދިޔުމުން އިގްތިސާދަށްވެސް ވަރަށް ކުރިއެރުން ލިބޭނެ ކަމަށެވެ. ޖީޑީޕީގެ 15 އިންސައްތައަކީ، ޑިޖިޓަލް އިކޮނޮމީގެ ތެރެއިން އަންނަ އެއްޗެއް ގޮތުގައި ހަދަން ޓާގެޓެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ. އެ ޓާގެޓް އެއަށްވުރެ ކުރިންވެސް ފަހަރެއްގައި ހާސިލު ކުރެވިދާނެ ކަމަށާއި އެކަމަކު އެކަންވާނީ އެންމެން 'އޮން ބޯޑްކޮށް' އެންމެން ބަލައިގަންނަވަރަކުން ކަމަށް ވިދާޅުވި އެވެ. ''މީގައި ވަރަށް މުހިންމު ވާނެ، މި ބަލައިގަތުން އިނގޭތޯ. މި ކިތަންމެ ވަރަކަށް މިކަން އިމްޕޯސް ކުރަން، ނޫނީވިއްޔާ ކުރުވަން އުޅުނަސް، ވާނެގޮތަކީ، މީހުން ބަލައިގަންނަން ޖެހޭނެ،'' ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް