Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ނ. މަނަދޫގައި ޤާއިމްކުރި އަމާންވެށި ރަސްމީކޮށް ހުޅުވައި ކުދިން އެ ތަނަށް ބަދަލުކޮށްފި

ނ. މަނަދޫގައި ޤާއިމްކުރި އަމާންވެށި ރަސްމީކޮށް ހުޅުވައި ކުދިން އެ ތަނަށް ބަދަލުކޮށްފި

ނ. މަނަދޫގައި ޤާއިމްކުރި އަމާންވެށި ރަސްމީކޮށް ހުޅުވައިފިއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މަނަދޫގެ އަމާންވެށި ރަސްމީކޮށް ހުޅުވާ ދަޢުލަތުގެ ބެލުމުގެ ދަށުން ފިޔަވަތީގައި ތިބި 9 ކުއްޖަކު ނ. މަނަދޫ އަމާންވެއްޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނ. މަނަދޫގައި ޤާއިމްކުރި އަމާންވެއްޓާ އެކު ރާއްޖޭގެ ފަސް ސަރަހައްދެއްގައި މިހާރު ވަނީ އަމާން ވެށިތައް ޤާއިމްކޮށްފައެވެ.

މީގެ ކުރިން އަމާންވެށި ޤާއިމްކޮށް ހިންގަމުން އައީ، ހއ. ދިއްދޫ، ށ. ފުނަދޫ، ބ. އޭދަފުށި އަދި ޏ. ފުވައްމުލަކުގައެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު ތިން ސަރަހައްދެއްގައި އަމާންވެށި ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ޖެންޑާ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

Advertisement
Allied Insurance — Square (box)

ޖެންޑާ މިނިސްޓްރީން އިތުރަށް ވިދާޅުވީ، މިިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދެނީ މާލޭ ސަހަރައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ އެއްގޮތަށް މުޖުތަމަޢު ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން އަމާންވެށިތަކުގައި ތިބޭނީ ކަނޑައަޅައިފައިވާ ވަކި އަދަދެއްގެ ކުދިން ކަމަށާއި، އެކަމުގެ ސަބަބުން ކުދިންގެ ކަންކަން ދެނެގަނެ ކުދިންނަށް އިތުރު އަޅައިލުން ދިނުމަށް ފަސޭހަ ވެގެންދާނެކަމަށް ވެސް ޖެންޑާ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އަމާން ވެށި ޤާއިމްކުރުމަކީ މި ސަރުކާރުގެ 'އޯގާތެރި ސަރުކާރު' ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް