Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓާޕްލޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓާޕްލޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓާޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މި މާސްޓާޕްލޭން މިދިޔަ ހޯމަ ދުވަހު ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މާސްޓާޕްލޭން އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެފައި ވަނީ މި މާސްޓާޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާ އެކު، ހުޅުމާލެ ތަރައްގީ ކުރަން ކުރެވޭ މަސައްކަތުގެ މުހިންމު ބައެެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލޭގެ "ރިވައިޒްޑް މާސްޓާޕްލޭނަށް" ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ.

މި މާސްޓާޕްލޭނާ ގުޅޭ ހުރިހާ މައުލޫމާތެއް ކަމަށް ހާއްސަ ކޮށްފައިވާ <a href="http://tinyurl.com/47888w2z">ޕޯޓަލް</a>އިން މިހާރު ފެންނަން ހުންނާނެ ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

[caption id="attachment_284840" align="alignnone" width="690"]<img class="size-large wp-image-284840" src="https://cdn.dhen.mv/wp-content/uploads/2025/05/IMG-20250528-WA0012-1024x576.jpg" alt="" width="690" height="388" /> ހުޅުމާލޭގެ އާ މާސްޓާޕްލޭނުގެ ދަށުން ގެންނަ ބަދަލުތައް ފެންނަ ތްރީޑީ ޑިޒައިނެއް / ފޮޓޯ:އެޗްޑީސީ[/caption]

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ވަނަ ދުވަސް ކަމަށް އެ ކުންފުނިން ބުންޏެވެ. މާސްޓާޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށްފަހު ކަމުގައި ފާހަގަކުރި އެވެ.

އެޗްޑީސީން ބުނި ގޮތުގައި މާސްޓާޕްލޭނަށް ބަދަލު ގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާ އެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމުގަ އެވެ.

އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާ އާއެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް