ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި

މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައފި އެވެ.
ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު މެންދުރު 12:30 އެހާއިރު އެވެ. ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ހައްޖުގެ އަޅުކަން އަދާުރެއްވުމަށް މި ވަގުތު ސައުދީއަރަބިޔާ އަށް ވަޑައިގެން ހުންނެވި ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް އަންގަވާފަ އެވެ.
https://twitter.com/MMuizzu/status/1929090089252168124
ފުލުހުން ދެންމެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި އެކަން ހިނގި ގޮތް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
https://twitter.com/PoliceMv/status/1929100531156344958
މާލެ، ހުޅުމާލެގެ އިތުރުން ވައިގެ މައި ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފަ އެވެ.
އެމްއޭސީއެލުން ބުނީ ބެކަޕް ޖަނަރޭޓަރުތައް މިހާރު ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.







ކޮމެންޓް