Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި

މާލެ، ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މަގުގައި ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ މެންދަމު 3:10 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ގެންދަނީ މާރާމާރީގެ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް