އެޑްވަޓޯރިއަލް ވިޔަފާރި

އީދުގެ ފޮޓޯއެއް ހިއްސާކޮށްގެން ރިސޯޓެއްގައި އެއް ރޭ ހޭދަކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އީދު ފާހަގަކުރަން މާލޭގައި މީގެ ކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް

ފާހަގަކުރަމުން މިދާ އަޟްހާ އީދުގެ ފޮޓޯއެއް ހިއްސާކޮށްގެން ރިސޯޓެއްގައި އެއް ރޭ ހޭދަކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފި އެވެ.

Ads by STELCO

މި އީދުގެ ގިވްއަވޭއެއްގެ ގޮތުގައި ލިބެނީ އަދާރަން ސެލެކްޓް ހުދުރަންފުށި މޯލްޑިވްސްގައި އެއް ރޭ ފުލް ބޯޑުގައި ހޭދަކޮށްލުމުގެ ފުރުސަތެވެ. ދެ މީހަކަށް ލިބޭ އެ ފުރުސަތު ހޯދުމަށް ކުރަން ޖެހޭ ކަމަކީ އީދުގެ ފޮޓޯއެއް ފޭސްބުކް، އެކްސް ނުވަތަ އިންސްޓަގްރާމްގައި ހިއްސާކުރުމެވެ.

އުރީދޫން ބުނީ ފޮޓޯ ހިއްސާކުރާއިރު CelebrateWithOoredoo# ހޭޝްޓެގް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ފޮޓޯގައި އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓް، OoredooMaldives@ ޓެގް ވެސް ކުރަން ޖެހެ އެވެ.

އަންނަ ހޯމަ ދުވަހުގެ ރޭ 11:59 އާ ހަމައަށް މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަން އުރީދޫން ފާހަގަކުރެ އެވެ.

މީގެކުރިން ވެސް އީދާ ގުޅިގެން މިފަދަ ގިވްއަވޭތައް އެ ކުންފުނިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އުރީދޫއަކީ އެކި ފަރާތްތަކާ ގުޅިގެން މުޖުތަމައަށް ފައިދާ ކުރަނިވި ހަރަކާތް އިންތިޒާމު ކުރުމުގެ އިތުރުން އެފަދައިން ބާއްވާ ހަރަކާތްތަކަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.