ޚަބަރު

ޔުމްނު ވައްޓާލީ ކަމަކަށް ނުބެލެވޭ، ބުރަވެވެނީ ކުޑަދޮރުން ވެއްޓުނީ ކަމަށް: ކޮމިޝަން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވައްޓާލީ ކަމަށް ނުވަތަ އަމިއްލަ އިހުތިޔާރުގައި ފުންމާލީކަން ކަމަށް ކަނޑައެޅެން ނެތް ކަމަށް އެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.

Ads by STELCO

ހ. މިޓާޒް ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހަައްމަދު މުއިއްޒު އުފައްދަވާފައި ވަނީ އެޕްރީލު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ކޮމިޝަން އުފެއްދެވީ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެންނެވެ.

ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ނިންމައި ކޮމިޝަނުގެ ރިޕޯޓު ރައީސަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ މިއަދު ހާމަކޮށްފަ އެވެ. އެކަން ހާމަކުރުމާ އެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ ރިޕޯޓު އާންމުކުރުމަށް އަންގަވާފަ އެވެ.

ޔުމްނު ވެއްޓުމާ ރައުދު ފިޔަވައި އިތުރު މީހަކާ ގުޅުމެއް ނެތް

އެ އެންގެވުމާ އެއްގޮތަށް ރައީސް އޮފީހުން މީގެ އިރުކޮޅެއް ކުރިން އާންމުކުރި ރިޕޯޓުގައި ވަނީ ހ. ފެންޓެނޯއީއިން ޔުމްނު ވައްޓާލި ނުވަތަ ފުންމާލި ނުވަތަ ވެއްޓުނު ކަމަށް ބެލެވޭ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ރައުދު އަހްމަދު ޒިލާލު ގަސްދުގައި ޔުމްނު ވައްޓާލީތޯ ދެނެގަތުމަށް އެ ކޮމިޝަނުން ކުރި މަސައްކަތް ހާމަކޮށްފަ އެވެ.

އެގޮތުން ހާދިސާ ހިނގި ގޮތް ދެނެގަތުމަށް އެ ކޮމިޝަނުން ބެލިބެލުމުން، އެތަނުގައި އިތުރު އެވަގުތު އެ ދެ މީހުން ހަރަކާތްތެރިވާ މަންޒަރު ފެންނަން ނެތް ކަމަށެވެ. އަދި އެތަނުގައި އެ ދެ މީހުން ފިޔަވައި އިތުރު މީހަކު ފެންނަން ނެތުމާއި ޔުމްނު އާއެކު އުޅުނު ރައުދު، އެ ރޭ ކަން ހިނގައިދިޔަ ގޮތް އޭނާގެ ހަނދާނުގައި ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކަން ހިނގައިދިޔަ ގޮތާ ގުޅިގެން ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ.

އެހެންކަމުން ފެންޓެނޯއީގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްތުގައި ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.

ނަމަވެސް ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ފެންނަ ކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދު އާ ބައްދަލުވި ހިސާބުން ފެށިގެން ހާދިސާ ހިނގި ވަގުތާ ދެމެދު އެ ދެ މީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިކަން ނުވަތަ ރުޅިވެރިކަމެއް އުފެދުނުކަން އެނގެން ނެތްކަން. އެންމެފަހުން ޔުމްނު ފެންޓެނޯއީ 9 ވަނަ ފަންގިފިލާގެ ސިޑިން މައްޗަށް އަރަނީ ވެސް އަމިއްލަ އިހުތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއް ނެތިކަން، ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮތުން.
  • ފެންޓެނޯއީއަށް ޔުމްނު ދިޔައީ އަމިއްލަ އިހުތިޔާރުގައި ކަމާއި އެ ގެއަށް ފުރަތަމަ ވަދެފައި ވަނީ ވެސް އޭނާކަމުން ޔުމްނުއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު ޔުމްނު އެ ގެއަށް ގެންދިޔައީކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތުން.
  • ޔުމްނު ވެއްޓުމަށް ފަހު ނުވަތަ ފުންމާލުމަށް ފަހު ރައުދުގެ ހަރަކާތްތައް ހުރި ގޮތަށް ބަލާއިރު، ޔުމްނު ހޯދުމަށް މަސައްކަތްކުރި ކަމަށާއި ޔުމްނުއަށް ތަކުރާރުކޮށް ގޮވި ކަމަށް. މިޓާޒް ފުރާޅަށް ތަކުރާރުކޮށް ބެލި ކަމަށާއި މަގުމަތިން ދިމާވި މީހުންގެ ގާތުގައި ރައްޓެއްސަކު ވެއްޓުނު ކަމަށް ބުނެފައިވާ ކަމަށް.
  • އެ ރޭ ރައުދު އާއެކު އުޅުނު މީހުންނަށް ގުޅުމަށް މަސައްކަތްކުރި ކަމަށާއި އެގޮތުން ފޯނު ޗާޖުކުރުމަށް މަސައްކަތްކުރި ކަމަށް. ރައުދު ގުޅަން މަސައްކަތްކުރި މީހުންގެ ތެރެއިން މީހަކަށް ގުޅެންދެން ފެންޓެނޯއީ ކައިރީގައި އޭނާ މަޑުކުރިކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮތުން.
  • ޔުމްނު މިޓާޒް ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައި ނުވުން. އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑުތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތުން.

އެހެންކަމުން ޔުމްނު މިޓާޒް ފުރާޅު މައްޗަށް ވެއްޓިފައި ވަނީ ފެންޓެނޯއީ ޓެރަހުން ކަމަށް ނުބެލެވޭ ކަމަށާއި އެކަން ހިނގާފައި ވަނީ އެ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ.

"ހައްވާ ޔުމްނު ހ. މިޓާޒް ފުރާޅު މައްޗަށް ވައްޓާލުމުގައި ނުވަތަ ވެއްޓުމުގައި ނުވަތަ ފުންމާލުމުގައި އަހްމަދު ރައުދު ފިޔަވައި އިތުރު އެހެން މީހެއްގެ ބައިވެރިވުން އަމަލީ ގޮތުން ނުވަތަ އެނޫން ގޮތަކަށް ވެސް އޮތް ކަަމަށް ނުބެލެވޭ ކަމާއި، ރައުދު އަހްމަދު ގަސްތުގައި ހައްވާ ޔުމްނު ހ. މިޓާޒް ފުރާޅު މައްޗަށް ވައްޓާލި ކަމަކަށް ވެސް މި ކޮމިޝަނަކަށް ނުފެނެ އެވެ." ރިޕޯޓުގައިވެ އެވެ.

ޔުމްނު އަމިއްލަ އިހުތިޔާރުގައި ފުންމާލީ ކަމަށް ނުބެލެވޭ

ކޮމިޝަނުން ބުނި ގޮތުގައި ފެންޓެނޯއީއިން ޔުމްނު ފުންމާލި ނުވަތަ ވެއްޓުނު ކަމަށް ބެލެވޭ ކުޑަދޮރުން އޭނާ އަމިއްލަ އިހުތިޔާރުގައި ފުންމާލީތޯ ދެނެގަތުމަށް އެ ކޮމިޝަނުން ބެލުންތަކެއް ބަލާފައިވާ ކަމުގަ އެވެ.

އެ ބެލުންތަކުން އެތަނުގައި އެ ދެ މީހުން ހަރަކާތްތެރިވާ މަންޒަރު ފެންނަން ނެތް ކަމުގަ އެވެ. އަދި އެތަނުގައި އެ ދެ މީހުން ފިޔަވައި އިތުރު މީހަކު ފެންނަން ނެތުމާއި އެ ރޭ ކަން ހިނގައިދިޔަ ގޮތް އޭނާގެ ހަނދާނުގައި ނެތް ކަމަށް ރައުދު ބުނެފައިވާ ކަމުގަ އެވެ. އަދި ކަން ހިނގައިދިޔަ ގޮތާ ގުޅިގެން ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާ ކަމުގަ އެވެ.

އެހެންކަމުން ފެންޓެނޯއީގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ޔުމްނު އަމިއްލަ އިހުތިޔާރުގައި ފުންމާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.

ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދު އާ ބައްދަލުވި ހިސާބުން ފެށިގެން ހާދިސާ ހިނގި ވަގުތާ ހަމައަށް އެ ދެ މީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިކަން ނުވަތަ ރުޅިވެރިކަމެއް އުފެދުނުކަން އެނގެން ނެތް ކަމަށް ކޮމިޝަނުން ބުންޏެވެ.

"އަދި ހައްވާ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފްސަށް އަނިޔާއެއް ދޭން އުޅޭކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތުމުން ހ. ފެންޓެނޯއީ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ހައްވާ ޔުމްނު އަމިއްލަ އިހުތިޔާރުގައި ފުންމާލި ކަމަށް ބެލެވޭކަށް ނެތެވެ." ރިޕޯޓުގައިވެ އެވެ.

ޔުމްނު ވެއްޓުނީ ކުޑަދޮރުން ކަމަށް ބުރަވެވޭ، ރައުދުގެ އިހުމާލު އެބައޮތް

ހާދިސާ އާ ގުޅިގެން ކޮމިޝަނުން ބެލިބެލުންތަކުން ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް ރިޕޯޓުގައި ބުނީ ޔުމްނު ވެއްޓުނީ ކުޑަދޮރުން ޔުމްނު ވެއްޓުނު ކަމަށް ކަނޑައެޅުމަށް އެ ކޮމިޝަނަށް ދަތި ކަމަށެވެ. ނަމަވެސް ޔުމްނު އާއި ރައުދު 9 ވަނަ ފަންގިފިލާއިން ދެ ފަހަރެެއްގެ މަތިން ސިޑިން މައްޗަށް އަރާތަނާ އަދި ފައިބާތަން އެ ފަންގިފިލާގައި ހުންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. އަދި އެންމެފަހުން ޔުމްނު އާއި ރައުދު އެރިފަހުން ރައުދު އެކަނި ފައިބާތަން ފެންނަ ކަމަށާއި އިތުރު މީހަކު އެ ފަންގިފިލާއިން މައްޗަށް އަރާތަން ނުވަތަ ފައިބާތަން ނުފެންނަ ކަމަށެވެ.

އެހެންކަމުން ކުރިން ފާހަގަކުރި ކަންކަމަށް ބަލާއިރު، ޔުމްނު ވައްޓާލީކަމަށް ނުވަތަ ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށް ކޮމިޝަނުން ބުންޏެވެ.

ރިޕޯޓުގައި ވަނީ އެ ރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ އާއި ރައުދު ތިބީ މަސްތުގެ ހާލަތުގައިކަން ފުލުހުންގެ އެޕްރީލު 21 ގެ "ލޭގެ ތަހުލީލު ރިޕޯޓް" އަދި އެޕްރީލު 29 ގެ "ކުޑަކަމުދާތަކެތީގެ ތަހްލީލު ރިޕޯޓް" އިން އެނގެން އޮންނަކަން ފާހަގަކޮށްފަ އެވެ.

"އަދި އެ ރޭގައި އެ މީހުންނާ އެކު އުޅުނު މީހުންގެ ބަޔާނުން އެނގެން އޮންނާތީ ހ. ފެންޓެނޯއީ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ހައްވާ ޔުމްނު ވެއްޓުނީ ކަމަށް މި ކޮމިޝަނަށް ބުރަވެވެ އެވެ." ރިޕޯޓުގައިވެ އެވެ.

އިތުރަށް ބުނި ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލެއް އޮތް ކަމަށް ކަނޑައަޅަން އެ ކޮމިޝަނަށް ދަތި ކަމުގަ އެވެ. އެހެންނަމަވެސް އެ ރޭ އެ ދެ މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައިކަން ފުލުހުންގެ ރިޕޯޓުތަކުންނާއި އެ މީހުންނާ އެކު އެ ރޭގައި އުޅުނު މީހުންގެ ބަޔާނުން އެނގެން އޮންނަ ކަމުގަ އެވެ. އެހެންކަމުން:

  • ރައުދު އާއި ޔުމްނު މަސްތުގެ ހާލަތަށް އައީ އެ ދެ މީހުންގެ އަމިއްލަ އިހުތިޔާރުގައި ކަމަށް ވާތީ، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެ ދެ މީހުން އުފުލަން ޖެހޭނެ ކަމަށް.
  • ހާދިސާ ހިނގި ރޭ އެވަގުތު، ޔުމްނު މަސްތުގެ ހާލަތުގައި އުޅުނީ ރައުދު އާއެކު ކަމަށް ވުމާއި ޔުމްނު ވެއްޓުމުގެ ކުރިން ދެ މީހުންގެ ހަރަކާތްތަކަށް ބަލާއިރު އަދި އެ ރޭ މއ. މާންދޫގޭދެކުނުގެއިން ނުކުތް ފަހުން ހ. މާއިރާއަށް ދިޔުމާ ދޭތެރޭ ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާން ނެތް ކަަމަށް ރައުދު ބުނެފައިވާތީ، ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށް.

Ads by HDC