Sunday, 15 November 2026
Advertisement
STO — McCoy (leaderboard)
މުނިފޫހިފިލުވުން

ލިލީ ލިބިއްޖެ ކެމްޕެއިނާއެކު މުޅި މާލެއިން ހުދު ލިލީ ހުސްވެއްޖެ

ލިލީ ލިބިއްޖެ ކެމްޕެއިނާއެކު މުޅި މާލެއިން ހުދު ލިލީ ހުސްވެއްޖެ

މިހާރު ސޯޝަލް މީޑިއާގައި ފަށައިގެން އުޅޭ "ލިލީ ލިބިއްޖެ" ކެމްޕެއިނާއިއެކު މާލޭގެ މާ ވިއްކާ ފިހާރަތަކުން ހުދު ކުލައިގެ ލިލީ ހުސްވެއްޖެ އެވެ.

"ލިލީ ލިބިއްޖެ" ކެމްޕެއިން ކުރިއަށް ގެންދަނީ ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯއިންނެވެ. އެ ސްޓޫޑިއޯއިން ބުނި ގޮތުގައި މާލެއާއި ހުޅުމާލޭގައި ހުރި މާ ވިއްކާ ހަތަރު ފިހާރައިންވެސް ހުދު ލިލީ ހުރީ ހުސްވެފަ އެވެ. އެއް ފިހާރައެއްގައި ނުފޮޅޭ ހުދު ލިލީ ހުރި ކަމަށާއި އެނޫނީ އެއްވެސް ލިލީއެއް ލިބެން ނެތްކަމަށް އެ ސްޓޫޑިއޯއިން ބުންޏެވެ.

މާ ވިއްކާ ފިހާރަތަކުން ބުނި ގޮތުގައި މިދިޔަ ހަތަރު ދުވަހު ހުދު ލިލީއަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ޑިމާންޑު އުފުލުނީ ހުދު ލިލީއަށް ކަމަށްވެސް ފިހާރަތަކުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ކްރިއޭޓިވް ނެޓްވޯކުން މައުލޫމާތު ދޭގޮތުގައި 200 އަށްވުރެއް ގިނަ ހުދު ލިލީ ބެހިއްޖެ އެވެ. އެހެންނަމަވެސް ހުދު ލިލީ ލިބެން ނެތުމުން އިއްޔެއިން ފެށިގެން ބަހަމުން އަންނަނީ ކުޑަކޮށް ރީނދޫ ކުލައެއްވެސް ހުރި މާތަކެކެވެ.

<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcreativenetworkmv%2Fposts%2Fpfbid026VH553C1wKNNTpaeYJrsprKwt3NyRjJ1sbja59qJb6RNvwyBHwRJAcbfeccP8Jjrl&amp;show_text=true&amp;width=500" width="500" height="562" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>

އެ ސްޓޫޑިއޯއިން ބުނި ގޮތުގައި މާދަމާ މެންދުރު ފަހު 14:17 އާއި ހަމައަށް މި ކެމްޕެއިން ނިމޭއިރު މިހާރު ފޮޓޯ އަޕްލޯޑު ކުރަމުން ގެންދަނީ އިއްޔެ ލިލީ ދީފައިވާ މީހުންގެ އެވެ.

"ލިލީ ލިބިއްޖެ" ކެމްޕެއިން ފެށީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ކުރިން މި ކެމްޕެއިން ނިންމަން އޮތީ 27 ވަނަ ދުވަހަށެވެ. އެހެންނަމަވެސް އާންމުންގެ މެދުގައި އުފެދުނު ޝައުގުވެރިކަމެއްގެ ސަބަބުން އެއް ދުވަސް އިތުރަށް ދަންމައިލަން ނިންމީ އެވެ.

ކެމްޕެއިންގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވިނަމަވެސް ލިލީތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު މާދަމާ 14:17 ގައި ހާމަވާނެކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.