ވަޅިން ދިން ހަމަލާގައި ޒަހަމްވި މީހާގެ އެދުން ފުރިހަމަ ވެއްޖެ

23 ސެޕްޓެމްބަރުގައި ތޮއިބާ މިސްކިތް ކައިރިން ވަޅިން ދިން ހަމަލާގައި، ޒަހަމްވި ޒުވާނާ، ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރި ވެދިން މީހާއާއި ބައްދަލު ވުމަށް އެދުނު އެދުން ފުރިހަމަ ވެއްޖެއެވެ.
މިކަމާއި ގުޅިގެން ފޭސް ބުކްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އައިޖީއެމްއެޗަށް އޭނާ ގެންގޮސްދީ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވި މީހާއާ ބައްދަލު ވެފައިވާ ކަމަށެވެ.
ޚަބަރުތައް ލިބިފައިވާ ގޮތުގައި މި މީހާއަށް ވަޅިން ހަމަލާދީފައި ވަނީ އާއިލީ ގޮތުން ގުޅުން ހުރި މީހެކެވެ. މިމަައްސަލައާއި ގުޅިގެން ހައްޔަރު ކުރީ އުމުރުން 19 އަހަރުގެ ޒުވާން ފިރިހެންކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.