ޚަބަރު ސަރުކާރު

ސިންގަޕޫރުގައި ތިބި ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް ސިންގަޕޫރުގައި ތިބި ދިވެހިންނާ ބައްދަލުކުރެއްވުން: އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައި / ފޮޓޯ:ރައީސް އޮފީސް

ސިންގަޕޫރުގައި ތިބި ދިވެހިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްދަލުކުރައްވައިފި އެވެ.

Ads by STELCO

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެ ގައުމަށް ރައީސް ވަޑައިގެންފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނީ ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި ތިބި ދިވެހިންނާ އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ބައްދަލުކުރެއްވުމުގައި ދިވެހިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމުގައި ފާހަގަކުރި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުކުރެއްވުމުގެ ބައިވެރިންނަށް ރައީސްގެ ދެކަނބަލުން ފަރިއްކޮޅެއް ދެއްވި ކަމުގަ އެވެ.

ރައީސްގެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އާ ވަނީ ބައްދަލުކުރައްވާފަ އެވެ.

މި އަހަރަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

Ads by Ooredoo