Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަނާއި ހަ ރަށެއްގައި މަރުކަޒު އަޅާނެ ބަޔަކު ހޯދަނީ

ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަނާއި ހަ ރަށެއްގައި މަރުކަޒު އަޅާނެ ބަޔަކު ހޯދަނީ
ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އަދި ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅާނެ ބަޔަކު ހޯދަން މިރޭ އިއުލާންކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން އިއުލާންކުރި ގޮތުގައި އެކޮމޮޑޭޝަން ބްލޮކް އަޅާ ރަށްތަކަކީ:
  • ހއ. ދިއްދޫ (ބިޑް ސެކިއުރިޓީ އަކީ 127,500ރ)
  • ހދ. ކުޅުދުއްފުށި (ބިޑް ސެކިއުރިޓީ އަކީ 127,500ރ)
ފުލުހުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
  • ލ. މާވަށް (ބިޑް ސެކިއުރިޓީ އަކީ 72,250ރ)
  • މ. މުލީ (ބިޑް ސެކިއުރިޓީ އަކީ 212،500ރ)
  • ރ. މަޑުއްވަރީ (ބިޑް ސެކިއުރިޓީ އަކީ 72،250ރ)
  • ށ. ފީވަށް (ބިޑް ސެކިއުރިޓީ އަކީ 72,250ރ)
  • ތ. ތިމަރަފުށީ (ބިޑް ސެކިއުރިޓީ އަކީ 72,250ރ)
  • ތ. ވޭމަންޑޫ (ބިޑް ސެކިއުރިޓީ އަކީ 212،500ރ)
މި ޕްރޮޖެކްޓްތަކުގެ ބިޑް ހުށަހަޅަން ޖެހެނީ ބީލަން ޕޯޓަލް މެދުވެރިކޮށް 29 ޖުލައި 2025 ގެ މެންދުރު 11:00ގެ ކުރިންނެވެ. އަދި މި ޕްރޮޖެކްޓްތަކުގެ ބިޑް ހުޅުވުން އޮންނާނީ 30 ޖުލައި 2025 ގެ ބުދަ ދުވަހުގެ 10:00ގެ ކުރިންނެވެ.  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް