ޚަބަރު

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްކޭމްގެ 50 މައްސަލަ

. ، ދެން އޮންލައިން

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްކޭމްގެ 50 މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅިފައިވާކަން އެ ސެންޓަރުން ހާމަކޮށްފި އެވެ.

ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 05 ވަނަ ދުވަހާ ހަމައަށް އެންޓި ސްކޭމް ސެންޓަރަަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް އެ ސެންޓަރުން ވަނީ އާންމުކޮށްފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި 416،879.42ރ ގެއްލި އަދި މީގެ ތެރެއިން 114،276.42ރ ވަނީ އަނބުރާ ހޯދާފަ އެވެ. އެއީ ގެއްލުނު ފައިސާގެ 27 އިންސަތަ އެވެ.

ސްކޭމްގެ ބާވައްތަކުގެ ތެރޭގައި އީކޮމާސްގެ 29 މައްސަލަ، ކަރަންސީ އެކްސްޗޭންޗްގެ 09 މައްސަލަ، އިންޕަރސަނޭޝަންގެ 03 މައްސަލަ، ފިޝިންގ، ވިޝިން އަދި ޖޮބް ސްކޭމްގެ 06 މައްސަލަ، އަދި އެހެނިހެން މައްސަލައިގެ ގޮތުގައި 03 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ފޯންކޯލް އާއި އައި ބޭ، އޮންލައިން މެސެޖިން ޕްލެޓްފޯމްތައް އަދި ފިޝިންގ ލިންކްގެ އިތުރުން ފޭސްބުން މާކެޓްޕްލޭސް ހިމެނެ އެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ކޯލް ސެންޓަރެއްވެސް ފުލުހުން ވަނީ ގާއިމްކޮށްފަ އެވެ.

ނޭޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެ އެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!