Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން އިލްތިމާސްކޮށްފި

ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފްއިން ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނޭކަމަށް ރާއްޖޭގެ މެޓު އޮފީހުން ލަފާކޮށްފައިވާ ކަމަށެވެ.

އެހެންވެ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement
Allied Insurance — Square (box)

އަދި ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފްއިން އިލްތިމާސްކުރި އެވެ.

އޭގެ އިތުރުން ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މެޓު އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނުރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ،

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް