ޚަބަރު

 ފްލެޓުގައި ރޯވި ހާދިސާ: 21 ފަރާތަކަށް ބޯހިޔާވަހިކަން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއްގައި ރޯވެ ހިނގި ހާދިސާއާ  ގުޅިގެން 21 ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

މިއަދު ހެނދުނު ރޯވީ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގަ އެވެ. ބިދޭސީން ދިރިއުޅެމުން ދިޔަ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އެ ހާދިސާގެ ސަބަބުން ދުމާއި، ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން 04 އެޕާޓްމަންޓެއްގެ 21 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަލިފާން ހިނގިި ގޮތް ފުލުހުން މިހާރު ދަނީ ބަލަމުން ނެވެ. ނަމަވެސް އަދި އެ ހާދިސާ ހިނގި ގޮތެއް ސާފެއް ނުވެއެވެ.

Ads by Allied Insurance