Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދިޔަރެސް ނޫހުން 10 މިލިއަން ރުފިޔާ ހޯދަން ސަލީމް ކޯޓަށް

ދިޔަރެސް ނޫހުން 10 މިލިއަން ރުފިޔާ ހޯދަން ސަލީމް ކޯޓަށް

"ދިޔަރެސް" ނޫހުން ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ އަބުރު ގެއްލޭ ގޮތަށް ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

ސަލީމް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ދިޔަރެސް ނޫހުގައި ޝާޢިއުކޮށްފައިވާ ލިޔުމުގައި ވީޑިއޯއަކާ ހަވާލާދީ އެ ވީޑިއޯއިން ނުފެންނަ މީހަކީ އަހްމަދު ސަލީމް ކަމަށް ލިޔެފައިވާ އިރު، އެ ވީޑިއޯއިން ފެންނަ ކަމަށް ބުނާ ފަރާތާއި އެކަމުގެ ހަގީގަތް ސާފު ކުރުމުގެ ގޮތުން ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.

އެ ލިޔުން ލިޔެފައި ވަނީ، އެއްވެސް ޒިންމާދާރުކަމެއް، އިންސާފުވެރިކަމެއް ނެތް ގޮތެއްގައި ކަމަށާއި އެއީ ހަގީގަތާ މުޅިން ހިލާފު ވާހަކައެއް ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

ސަލީމް ދައުވާ އުފުލައިފައި ވަނީ އެ ނޫހުގެ މަސްއޫލުވެރި ފަރާތުގެ ޙައިޞިއްޔަތުން ދިޔަރެސް މީޑިޔާގެ މައްޗަށާއި ދިޔަރެސް ނޫހުގެ އެޑިޓަރުގެ ޙައިޞިއްޔަތުން ސ. ހިތަދޫ، ސަންސެޓްވިލާ ހީނާ ވަލީދުގެ މައްޗަށެވެ.

ސަލީމް ވަނީ އެ ވީޑިއޯގައި ވަނީ އޭނާ ނޫންކަން ސާބިތުކޮށްދޭން އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަމަށް ވާތީ އެ ވީޑިއޯގެ ހަގީގަތް ރައްޔިތުންނަށް ފުލުހުން ހާމަކޮށްދޭން ފުލުހުންގެ އިދާރާގައި އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް