އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން 929#* ސުޕަޑީލްސް ކެމްޕެއިނެއް ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނީ އެ ކެމްޕެއިނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހާއްސަ އޮފާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ހިމެނިފައިވަނީ އެކި ކަސްޓަމަރުންގެ ބިހޭވިއާ އަށް ބެލުމަށްފަހު ހާއްސަކުރެވޭ އޮފާތަކެކެވެ.
ސުޕަޑީލްގެ އޮފާތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް އެކުލެވިގެން ނުވެ އެވެ. އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ނަންބަރަކަށްވެސް މި އޮފަރ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
ސުޕަޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައްވެސް ވަނީ ހިމެނެ އެވެ. އަދި ލިބޭ އޮފާތައް ބަދަލުވެސް ވާނެ އެވެ. ކަސްޓަމަރުންނަށް އުރީދޫ ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ނަމްބަރަށް 929#* އަށް ފިތާލައިގެން ޕާސަނަލައިޒްޑް ސުޕަޑީލްތަކަށް ފަސޭހައިން ވަދެވޭނެ އެވެ. ޑޭޓާ އެލަވަންސް ބޮޑުކުރަން ބޭނުންވިޔަސް، އަދި އެޑް-އޮން ތަކުން ޑިސްކައުންޓެއް ބޭނުންވިޔަސް، * 929# ސުޕަޑީލްސް އިން ހާއްސްކުރެވިފައިވާ އޮފާއެއް އޮންނާނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ 929#* ސުޕަޑީލްސްއާއެކު ކަސްޓަމަރުންނަށް ލިބިގެންދާ ވެލިއު އިތުރުވެގެންދާނެ ކަމަށެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި އުފާވެރި ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބިގެންދާނެ އެވެ. އަދި *929# ސުޕަޑީލްސް ގެ ތެރެއިން އޮފަރއަކަށް ފިތާލުމާއެކު ވަގުތުން އެ އޮފާ އެކްޓިވޭޓް ދާނެ އެވެ.
އުރީދޫގެ އަމާޒަކީ ހަގީގަތުގައި ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި، ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެކަމެއްވެސް، އެއީ މަސައްކަތް، ކިޔެވުން، ވިޔަފާރި، ބޭންކިން އަދި މުނިފޫހިފިލުވުން ކަމުގައިވީނަމަވެސް ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގު ފަހި ކޮށްދިނުމުގައި އުރީދޫއިން ދަނީ އަބަދުވެސް މަސައްކަތްކުރަމުންނެވެ.
ޕާސަނަލައިޒްޑް ސުޕަޑީލްސް ބަލާލުމަށް *929# އަށް ލަސްނުކޮށް ފިތާލާށެވެ.
