ޚަބަރު

މަނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

. ، ދެން އޮންލައިން

ނ. މަނަދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.

Ads by STELCO

އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާހުކުރައްވާފަ އެވެ.

އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ހިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ހިދުމަތް ވަނީ ދޭން ފަށާފަ އެވެ. މަނަދޫގައި މި ފެށުނު ޕާސްޕޯޓުގެ ހިދުމަތާއެކު މިހާރު ޖުމްލަ 11 އަތޮޅަކަށް މި ހިދުމަތް ފުޅާކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެެކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ހިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތްވެސް ވަނީ ފަށާފަ އެވެ. މިއީ ބޭރު ގައުމެއްގައި މި ހިދުމަތް ފެށި ފުރަތަމަ ގައުމެވެ.

Ads by Allied Insurance