ކަނބުލޮގެ ޓްރެއިލާ ނެރެފި، ވާހަކައިގެ ބުނާ އަސަރުތައް ޓްރެއިލާ ބުނެދޭ

ކިޑް ޕްރޮޑަކްޝަނާއި ސެޓަރން ސްޓޫޑިއޯ ގުޅިގެން އުފައްދާ ކަނބުލޮގެ ރަސްމީ ޓްރެއިލާ މިއަދު ނެރެފި އެވެ.
ގައުމީ ދިގުވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދާފައިވާ "ޔުކްތާ" ވާހަކައިގެ މައްޗަށް އުފައްދާ މި ފިލްމުގައި، ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލް އަނީ ގެނެސްދީފައިވާ އަސަރުތައް ފެންނާނެ ކަމާމެދު ޓްރެއިލާ ޔަގީންކަންދެ އެވެ. ޓްރެއިލާ ފެށެނީ އަހުމަދު އީސާގެ ކެރެކްޓަރާއި ކަނބުލޮގެ ބައި ކުޅޭ މަރިޔަމް އައްޒައާއި ދެމެދު ހިނގާ އޯގާތެރި ނަމަވެސް ހިތާމަވެރި ވާހަކަ ދެއްކުމަކުންނެވެ.
ޒުވާނެއްގެ ގޮތުގައި ފެނިލުމަށްފަހު އައްޒަ ކުއްލިއަކަށް ދެން ފެންނަނީ ސްކޫލް ކުއްޖެއްގެ ގޮތުގަ އެވެ. މައުސޫމުމުކަމާ ޅަނދޮޅުކަމުގެ މަޖާ ދުވަސްވަރު ފެންނަމުން ދަނިކކޮށް ޝީލާ ނަޖީބަށް ލިބެމުންދާ އަނިޔާ ފެނެ އެވެ. ޓްރެއިލަރގައި ފެންނަގޮތުން ޝީލާގެ ދަރިއަކީ ކާކުކަން ނޭނގުނަސް ދަރިފުޅުގެ ސަލާމަތަށްއެދި ރޮއޮފާ ދުއާ ކުރާ މަންޒަރު ފެނެ އެވެ.
ކޮންމެ ކެރެކްޓާއަކަށްވެސް ފިޓް އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ފިލްމުގައި ފެންނަނީ ސަހަލު މީހެއްގެ ގޮތުގައި ހެނެއް ޓްރެއިލަރއިން ނުފެނެއެވެ. ކޮޕީ އިއްސެ ލައިގެން ހުރި ޓީޝާޓް ބާލަ އެވެ. އެއްވެސް ރަހުމެއް ނެތްކަން ހާމަވާ ފަދައިންނެވެ.
View this post on Instagram
އަނިޔާވެރިކަމާއި ގަދަބާރު ދެއްކުމުގެ މި މަންޒަރަށްފަހު ކަނބުލޮ ކެރެކްޓަރ އައްޒަ އާދޭސްކުރަމުން ބުނަނީ، "އަހަރެންނަކީ ކުޑަކުއްޖެއް..." ކަމަށެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތައް ފިލުމުން ފެންނާނެކަމުގެ ޔަގީންކަން ޓްރެއިލާދެ އެވެ.
ކަނބުލޮ ރިލީސްކުރަން ހަމަޖެހިފައިވަނީ 31 އޯގަސްޓު 2025 އެވެ.
