ކޮޕް 33 ސަމިޓު އިންޑިއާގައި ބާއްވަން ރާއްޖޭގެ ފުރިހަަމަ ތާއިދު ލިބޭނެ: ރައީސް

ކޮޕް 33 ސަމިޓު އިންޑިއާގައި ބާއްވަން ރާއްޖޭގެ ފުރިހަަމަ ތާއިދު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގަތުމުން ދެ ގައުމުގ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ދެއްވި ޕްރެސްގަ އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ކަންކަން ބަދަލުކޮށް މާނަވީ ބަދަލުތައް ގެނައުމުގައި އިންޑިއާގެ ގާބިލުކަަމާ މެދު ފުުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެއާއެކު 2028 ވަނަ އޮންނަ ކޮޕް 33 ސަމިޓް އިންޑިއާގައި ބާއްވަން ރާއްޖޭގެ ފުރިހަމަ ތާއިދު އޮންނާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއެކު ކަމަށެވެ.
އަދި ސަގާފަތުގެ ގޮތުންނާއި ފަތުރުވެރިކަމާއި އަދި ތައުލީމީ ދާއިރާގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
"ދެ ގައުމުގެ އިސް ބޭފުޅުން ރާއްޖެއަށް ކުރަައްވަމުން ގެންދަވާ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ރާއްޖެއިން އޮތީ ތައްޔާރަށް. ރާއްޖެއާ އިތުރަށް ގުޅުން ބަދަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަޅުގަނޑު މޯދީއަށް ޝުކުރު ދަންނަވަން" ރައީސް ވިދާޅުވި އެވެ.
