Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެޗްޑީސީގެ އެމްޑީގެ މަގާމުން މައުރޫފް އިސްތިއުފާދެއްވައިފި

އެޗްޑީސީގެ އެމްޑީގެ މަގާމުން މައުރޫފް އިސްތިއުފާދެއްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު މައުރޫފް ޖަމީލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 22 ގައި އެޗްޑީސީގެ އެމްޑީ އަކަށް އައްޔަންކުރި މައުރޫފް އިސްތިއުފާ ދެއްވާފައިވާކަން އެ ކުންފުނީގެ އިސް އޮފިޝަލަކު ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

އަންނަ މަހުގެ 18 އިން ފެށިގެން ރިޓަޔާކުރައްވާ ގޮތަށް މައުރޫފް މީގެ ކުރިން ނިންމާފައިވާއިރު އޭގެ ކުރިން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

Advertisement
Ooredoo — Truecaller (box)

މައުރޫފް ވަނީ ހުޅުމާލެ ހިއްކަން ފެށި ދުވަސްވަރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.

އޭގެ ފަހުން ރައީސް އޮފީހުގެ ދަށުން ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ޔުނިޓުގައި އެންމެ އިސްކޮށް ހުންނެވީ އޭނާ އެވެ. އަދި އެޗްޑީސީގެ ސީއީއޯގެ މަގާމު ވެސް ދުވަސްކޮޅަކަށް އަދާކުރެއްވި އެވެ. އެ މަގާމުން މައުރޫފް ވަކިވެވަޑައިގެންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް