ޚަބަރު ވިޔަފާރި

ފުރަތަމަ ރިސޯޓް ސަބްމެރިން ކޭބަލް ކަނެކްޝަން އުރީދޫން އިތާފުށީގައި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސް އިން ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީ ސަބްމެރިން ކޭބަލަކުން ކާމިޔާބުކަމާއެކު ގުޅާލެވުނުކަން ފަޚުރުވެރިކަމާއެކު އިއުލާނުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރުގައި ލިބުނު ތާރީޚީ ކާމިޔާބީއެކެވެ.

Ads by MPL

މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލެވުނު ފުރަތަމަ ފަހަރެވެ.

މި ސަބްމެރިން ކޭބަލް، ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، މާފުށި މެދުވެރިކޮށް ހިނގަމުންދާއިރު، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާއި ގުޅާލައި، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީއާއި ރެޒިލިއަންސް އަދި ސްޕީޑާއެކު ކަށަވަރުވެގެންދާނެއެވެ.

މިއަދު ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ބޭއްވުނު ރަސްމިއްޔާތުގައި އޮނަރަބަލް މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ޠާރިޤް އިބްރާހީމާއި، އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޚާލިދު އަލް ޙަމާދީއާއި، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޖެނެނަލް މެނޭޖަރ ޓީޖޭ ޖައުލަކްގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އިބްރާހީމާއި، މާފުށީ ސިޓީ ކައުންސިލްގެ ރައީސް ޙަސަން ސޮލާޙްގެ އިތުރުން އުރީދޫ އާއި ވޮލްޑޯފްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ވޭތުވެދިޔަ 20 އަހަރު އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުނި ކަމަށެވެ.

ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކޮށް، ކުރިއެރުމަށް އާ މަގުތަކެއް ހުޅުވި، ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންތެރި ބަޔަކަށް އުރީދޫ ވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ފުރަތަމް ފަހަރަށް ސަބްމެރިން ކޭބްލް ރިސޯޓަށް ގުޅާލުމަކީ ޑިޖިޓަލް ޑިވައިޑް ނައްތާލައި މުސްތަގުބަލަށް ތައްޔާރުވެފައިވާ ކަނެކްޓިވިޓީއަކުން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތުގައި ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އުރީދޫން ބުންޏެވެ.

ޑުއަލް ރިޑަންޑަންސީ އާއި ޑެޑިކޭޓެޑް ސަބްމެރިން ކޭބަލަކާއި ޕްރައިވެޓް 5ޖީ އަށް ތައްޔާރު ވެފައިވާ އަދި އެޑްވާންސް ޓްރީ ޓަވަރެއް ހިމެނޭ ރާއްޖޭގެ ފުރަތަމަ ރިސޯޓެއްގެ ހައިސިއްޔަތުން މި ކާމިޔާބީގެ ސަބަބުން ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި އިނޮވޭޝަނަށް އާ މިންގަނޑެއް ކަނޑައެޅިގެން ދެ އެވެ.

އޭއައި ޕަވާޑް ފީޗާތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާ އެކު، އެ ރިސޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނެކްސްޓް ޖެނެރޭޝަންގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ މި މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ:

"2005 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އުފެދުނީއްސުރެ، ޑިޖިޓަލް ދަތުރަކުން އެއްވެސް މީހަކު ބާކީ ނުކުރުމަށް ޓަކައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައި. ކޮންމެ ކުރިއެރުމަކާއެކު، އެމީހުންގެ އަހަންމިއްޔަތުކަން ދެނީ އެކްސެސިބިލިޓީ އާއި އިންކްލޫޝަންއަށް," އޭނާ ވިދާޅުވި އެވެ.

މި ސަބްމެރިން ކޭބަލް ލޭންޑިން އަކީ، ޓޫރިސްޓް ރިސޯޓެއްގައި މިފަދަ ފުރަތަމަ ފަހަރަށް ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ، މުޅިން ގުޅިލާމެހިފައިވާ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެކެވެ.

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލަކް ވިދާޅުވީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި މި މުހިންމު އިވެންޓް ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެލިވޭޓެޑް ލަގްޒަރީ އަދި ޕާސަނަލައިޒްޑް ސަރވިސް ރަމްޒުކޮށްދޭ މަންޒިލެއްގެ ހައިސިއްޔަތުން، މިއަދުގެ ދުނިޔޭގެ ދަތުރުވެރިންގެ އަބަދުވެސް ބަދަލުވަމުންދާ ބޭނުންތައް ފުއްދުމުގައި ސީމްލެސް ކަނެކްޓިވިޓީގެ މުހިންމު ދައުރެއް އަޅުގަނޑުމެންނަށް ވިސްނޭ." އޭނާ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް ފެށީއްސުރެ 20 އަހަރު ފުރުން ފާހަގަކުރާ އިރު، މި މުހިންމު ޕްރޮޖެކްޓްގެ ސަބަބުން އެ ކުންފުނީގެ ޑިޖިޓަލް މޯލްޑިވްސް ވިސްނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ. މުޖުތަމަޢުތައް ބާރުވެރިކުރުވައި، އިޤްތިޞާދީ ބަދަލުތައް ގެނައުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތް ޑިޖިޓަލް ބައިބައިވުން ނައްތާލުމަށް، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ، ދިވެހީންނާއި ހިސާބަށް މެދުކެނޑުމެއްނެތި ލިބިގެންދާ ތަޞައްވުރެކެވެ.

Ads by Allied Insurance