ޚަބަރު

އުރީދޫ އާއި ހަބޭސް ބޮޑުބެރު ގުޅިގެން ބޮޑުބެރު ކްލާސްތަކެއް ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫގެ އެމްބެސަޑަރު އަދި މަޝްހޫރު ބޮޑުބެރު، ގްރޫޕް ހަބޭސް ބޮޑުބެރު ގްރޫޕާ އެކު ހާއްސަ ބޮޑުބެރު ކްލާސްތަކެއް ފެށުމަށް އިއުލާންކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

އުރީދޫއިން ބުނީ އެ ކުންފުންޏަށް 20 އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށްގެންދިއުމަށް ނިންމި ބޮޑުބެރު ކްލާސްތައް 4 ހަފްތާގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމާފައއިވާ ކަމަށެވެ.

މިއީ ބޮޑުބެރު ގްރޫޕުގެ ތަޖުރިބާ އާއި ހުނަރު ހިއްސާކޮށް، ދިވެހި ސަގާފަތުގެ ބޮޑު ބައެއްގެ ގޮތުގައި ހިމެނޭ ބޮޑުބެރު ދަސްކޮށްދިނުމަށް ހިންގާ ހަތަރު ކްލާހެވެ.

މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ހުޅުވާލާފައި ވާއިރު، ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އުރީދޫން ބުންޏެވެ.

ކްލާސްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، އޮގަސްޓް 16، 23، 30 އަދި ސެޕްޓެމްބަރުމަހުގެ 6 ދުވަހުއެވެ. ކްލާސްތައް އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް، 4 ވަނަ ފަންގިފިލާގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު 20 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ކްލާސްތަކުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 20 ފަރާތަކަށެވެ. މި ކްލާސްތަކަށް ރެޖިސްޓްރީ ކުރެވޭނީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކްލާސްތަކުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ.