ވިޔަފާރި

އިންސެންޑިއާއިން އުރީދޫ ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓްތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންސެންޑިއާ އާއި އޫރީދޫ މޯލްޑިވްސް ގުޅިގެން އޫރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ އިނާޔަތްތަކެއް ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެއެވެ.

Ads by MPL

މި އެއްބަސްވުމުގެ ދަށުން އޫރީދޫ ކްލަބް ޕްރިމިއަރ މެމްބަރުން އިންސެންޑިއާގެ ލޯޔަލްޓީ ޕްރޮގްރާމްގައި އޮޓޮމެޓިކުން ބައިވެރިވެވޭނެއެވެ

މި ޕާޓްނަރޝިޕްގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ޕޭމަންޓް ހެދުމުން އިންސެންޑިއާގެ އުފެއްދުންތަކުން 10 ޕަސެންޓްގެ ޑިސްކައުންޓެއް އޫރީދޫ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އިންސެންޑިއާއިން ފޯރުކޮށްދޭ ލަގްޒަރީ ޕަރފިއުމް، ފައިން ފްރެގްރެންސް އަދި އެހެނިހެން އުފެއްދުްތަކަށް މި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ލިބޭ ޚާއްސަ ޑިސްކައުންޓް ރިޑީމް ކުރުމަށްޓަކައި އޫރީދޫ އެޕްގައި ހުންނަ ކްލަބް ޕްރިމިއަރ ކާޑު ދެއްކުމުން ފުދޭނެއެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން އިންސެންޑިއާގެ "އިންސެންޑިއާ އިންނަރ ސަރކަލް" ލޯޔަލްޓީ ޕްރޮގްރާމްގެ މެމްބަރޝިޕް އޫރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް އޮޓޮމެޓިކުން ލިބި، އިތުރު ޚާއްސަ އިނާޔަތްތަކާއި މަންފާތައް ލިބިގެންދާނެއެވެ.

Ads by Ooredoo