ޚަބަރު

ފެނަކައިގެ ސީއެފްއޯގެ މަގާމަށް ޖިހާދު އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މުހައްމަދު ޖިހާދު--

ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމަށް މުހައްމަދު ޖިހާދު މިއަދު އައްޔަނުކޮށްފި އެވެ.

Ads by STELCO

ޖިހާދު ސީއެފްއޯގެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.

ޖިހާދު ސީއެފްއޯގެ މަގާމަށް އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ޢަބްދުﷲ ވަހީދު މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.

ވަހީދު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

މާލީ ގޮތުން ބޮޑެތި މައްސަލަތަކުގެ ތެރޭގައި އޮތް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުއާޒް މުހައްމަދު ރަޝީދު ވެސް މިދިޔަ ޑިސެމްބަރު އިސްތިއުފާ ދެއްވި އެވެ. އަދި އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ޒުހުރީ ވެސް މަގާމުން އިސްތިއުފާ ދެއްވި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު އެވެ.

Ads by HDC