ޚަބަރު

ރައީސްގެ ވައުދާ އެއްގޮތަށް ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ހަމަޖައްސައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު: ހަމަލާތައް ހުއްޓާލަންދެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ފާސްކުރި ބިލު ވަނީ ތަސްދީގުކުރައްވާފައި / ފޮޓޯ:ރައީސް އޮފީސް

އއ. ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން، މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ރައީސް ޑރ، މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ކަނޑައަޅުއްވާފައިވަނީ، ގާނޫނު ނަންބަރު 2010/7 (ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެ ނިންމެވުމާއެކު އެމަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 2025/22 ޤަރާރުން ވަނީ، ގަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އިސްލާހުކުރައްވައި، އެ ގަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު އިތުރުކުރައްވާފަ އެވެ.

Ads by Allied Insurance