Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަދާލަތުން ކުރާ މަސައްކަތަކީ ހިހޫތަނުން ކާން ބޭނުންވާ މީހުންނަށް ކެތް ކުރެވޭނެ މަސައްކަތެއް ނޫން: އިޔާޒް

އަދާލަތުން ކުރާ  މަސައްކަތަކީ ހިހޫތަނުން ކާން ބޭނުންވާ މީހުންނަށް ކެތް ކުރެވޭނެ މަސައްކަތެއް ނޫން: އިޔާޒް

ގިނަ ދީނީ އިލްމުވެރިންތަކެއް ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ މަސައްކަތަކީ އަބަދު ހިހޫތަނުން ކާން ބޭނުންވާ މީހުންނަށް ކެތް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް އެ ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ރައީސް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ދިފާއުގައި އެ ޕާޓީގެ މެންބަރުންނާއި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދަނީ ޓްވީޓް ކުރައްވަމުންނެވެ. އެ ޕާޓީގެ ދިފާއުގައި މެންބަރުން ނިކުމެފައިވަނީ، ރާއްޖޭގައި ދީނާ ޚިލާފުކަންކަން އިތުރުވި ނަމަވެސް އެކަންކަން ހުއްޓުވުމަށް އަދާލަތުން މަސައްކަތް ނުކުރާ ކަމަށް ބުނެ ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވީ، ދީނާ ސިޔާސަތަކީ ވަކި ކުރެވޭނެ ދެ އެއްޗެއް ނޫން ކަމަށެވެ. އަދި ދީނުގެ ހިމާޔަތުގައި މަސައްކަތް ނުކުރެވޭނަމަ އުދަނގޫ ނުކޮށް ބަލަން ތިބުމަށް ގޮވާލިއެވެ.

Advertisement
Allied — Dhen Online (box)

"ތިމާ މެންނަށް ނުވާނަމަ އުދަނގޫ ނުކޮށް، ކުޅިބަލަން ތިބީމަ ރަނގަޅުވާނެ" އިޔާޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އިޔާޒް ކުރެއްވި އިތުރު ޓްވީޓެއްގައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. މިގޮތުން ވިދާޅުވެފައިވަނީ، ކާމިޔާބު ކަމާއެކު ކުރިޔަށްދާ މީހުންނަށް ހަސަދަވެރިވާ މީހުން ގިނަވާނެ ކަމަށެވެ. އަދި މީހުންގެ ގޮވެލިތަކަށް ނުބަލާ ކުރިޔަށް ދާނަމަ ކާމިޔާބުވާނެ ކަމަށް ވެސް ވިދާޅުުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް