ޚަބަރު

ރާއްޖޭގައި ބިދޭސީންނަށް އިންވެސްޓް ނުކުރެވޭ ވިޔަފާރިތައް ކަނޑައަޅައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕްރެސްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގައި ބިދޭސީންނަށް އިންވެސްޓް ނުކުރެވޭ ވިޔަފާރިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި މިއަދު އާންމުކޮށް އެވެ.

Ads by MPL

އެ ދާއިރާތައް ކަނޑައެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ނެވެ.

މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އުސޫލުގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްކޮށް ހުޅުވާލެވިފައިވާ ދާއިރާތަކާއި ޖޮއިންޓް ވެންޗާ އުސޫލުންން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ދާއިރާތަކާއި އަދި ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރުން މަނާ ދާއިރާތައް ހިމަނާފައި ވެއެވެ.

އެ ދާއިރާތައް ކަނޑައެޅީ ރާއްޖޭގެ ގައުމީ ސަލާމަތަށްކޮށްފާނެ އަސަރާއި ޑޮމެސްޓިކް މާކެޓްގެ ވާދަވެރިކަމަށް ކޮށްފާނެ އަސަރާއި އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިވެރިން ހަރަކާތްތެރިވާ މިންވަރާއި އެ ދާއިރާއެއްގައި ބޭރުގެ އިންވެސްޓްމަންޓާއި ތަޖުރިބާ ބޭނުންވާ މިންވަރަށް ބެލުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން  އެ އިންވެސްޓްމަންޓެއްގެ ސަބަބުން ދިގު މުއްދަތަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއެރުމަށް އެހީވާނެ މިންވަރާއި އަދި އިންސާނީ ވަޞީލަތް ތަރައްގީވެފައިވާ މިންވަރާއި، ވަޒީފާގެ ފުރުޞަތުތައް އުފެދޭނެ މިންވަަރަށް ވެސް ރިއާޔަތްކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ބިދޭސީން އިންވެސްޓް ކުރުން މުޅިން މަނާކުރި ދާއިރާތައް

  • އިމާރާތްތަކަށް ހިދުމަތްތައް ދިނުމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް
  • އޮފީސްތަކަށާއި ވިޔަފާރިތަކަށް ސަޕޯޓް ދިނުމުގެ މަސައްކަތްތައް
  • 15 މިލިއަން ޑޮލަރަށްވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން އިމާރާތްތައް އެޅުމުގެ މަސައްކަތްތައް
  • 10 މިލިއަން ޑޮލަރަށްވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން ރިސޯޓުތައް ހެދުމުގެ މަސައްކަތްތައް
  • ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހިންގުމުގެ މަސައްކަތްތައް
  • ފިޒިއޮތެރެޕީ ފިިޔަވައި އެހެނިހެން ކްލިނިކްތައް ހިންގުމުގެ މަސައްކަތްތައް
  • ކާގޯއާއި ލޮޖިސްޓިކް އަދި ޕޯސްޓުގެ ހިދުމަތުގެ މަސައްކަތްތައް
  • ސުވެނިއާއައި އަތްތެރި މަސައްކަތްތައް
  • ބަންކަރިންގެ ހިދުމަތް ދިނުމުގެ މަސައްކަތްައް
  • މީޑީއާތައް ހިންގުމުގެ މަސައްކަތްތައް
  • އެޑްވަޓައިޒިން އެންޑް އިވެންޓް މެނޭޖްމަންޓްގެ މަސައްކަތްތައް
  • ގާނޫނީ ހިދުމަތް ދިނުމުގެ މަސައްކަތްތައް
  • މާކެޓް ރިސާޗު ހެދުމުގެ މަސައްކަތްތައް
  • އިލެކްޓްރޯނިކް ރިޕެއާގެ މަސައްކަތްތައް
  • ރީޓެއިލްގެ މަސައްކަތްތައް
  • ކޮންސްޓްރަކްޝަން ތަކެތީގެ ހޯލްސޭލްގެ މަސައްކަތްތައް