Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަހުސް ކުރުމާއި ހޭލުންތެރިކުރުމަށް ވަގުތު ނުދީ އައްޑޫގެ ވޯޓު ނުނަގަން އެމްޑީޕީން ގޮވާލައިފި

ބަހުސް ކުރުމާއި ހޭލުންތެރިކުރުމަށް ވަގުތު ނުދީ އައްޑޫގެ ވޯޓު ނުނަގަން އެމްޑީޕީން ގޮވާލައިފި

ބަހުސް ކުރުމާއި ހޭލުންތެރިކުރުމަށް އަދި ރަނގަޅު ކެމްޕެއިނެއް ހިންގުމަށް ވަގުތު ނުދީ އައްޑޫ ސިޓީ ކައުންސިލް އެކުލެވޭ ގޮތް ބަދަލުކުރުމުގެ ވޯޓު ނުނަގަން އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ މި ވޯޓު އިއުލާންކޮށްފައިވަނީ ރައްޔިތުންގެ އާންމު ވޯޓު ނެގުމުގެ ގާނޫނު ވެސް މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކޮށްފައި ވަނިކޮށެވެ.

މިފަދަ ވޯޓުތައް ނެގުމަށް ސީދާ ރައްޔިތުންގެ މަޖިލީހުން އުސޫލު ހެދުމާއި ކުރިއާލާ ރައްޔިތުންނަށް ސާފު ސުވާލެއް ނުވަތަ ސުވާލުތަކެއް ހުށަހެޅުމަށް ގާނޫނުގައި ހިމެނުމަށް އެމްޑީޕީން ހުށަހެޅި ނަމަވެސް ގާނޫނުގައި ނުހިމެނިކަމަށް ބަޔާނުގައިވެ އެވެ.

Advertisement
HDC — Sidebar (box)

ނަތީޖާއެއްގެ ގޮތުން އައްޑޫގައި ނަގަން ހަމަޖެހިފައިވާ ވޯޓުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ސުވާލެއް ފަހުން އުނިކުރެއްވި ކަން އެމްޑީޕީން ފާހަގަކުރި އެވެ.

އެމްޑީޕީން ދެކޭ ގޮތުގައި މިއީ ސަރުކާރަށް އިގުތިސޯދު މެނޭޖުނުކުރެވޭތީ ސަމާލުކަން އެހެން ކަމަކަށް އަނބުރަން ކުރާ ކަމެކެވެ.

އަދި މިއީ ދޭދޭ ރަށްތަކުގެ މެދުގައި ޒަމާނުއްސުރެން އުފެދިފައި ހުންނަ ބައެއް ކުދިކުދި ނުތަނަވަސް ކަމާއި ދެބަސްވުންތައް ފިތުނައާއީ ހަސަދައަށް ބަދަލުކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ކުރާ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އައްޑޫ ސިޓީގައި ނަގަން އުޅޭ ވޯޓަކީ އެ އަތޮޅު ފޭދޫ އާއި ހުޅުދޫ އާއި މީދޫގައި ވަކިން ރަށު ކައުންސިލެއް އުފެއްދުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.

މިހާރު އައްޑޫ ސިޓީ ކައުންސިލް ހިންގަމުން ދަނީ އެ އަތޮޅުގެ ހުރިހާ ރަށެއް ވެސް އެ ސިޓީ ކައުންސިލްގެ ދަށުން ހިންގާ ގޮތަށެވެ.

އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ދުރުގައި އެއް ފަސްގަނޑަކަށް އޮންނަ ހުޅުދޫ އާއި މީދޫން ރަށު ކައުންސިލެއް ހެދުމަށް ވާހަކަ ދައްކާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް