ޚަބަރު

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ވެސް ފެނިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހަތް މީހުންނާއެކު މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަނިކޮށް ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓި، "އަލްމާކް ފިޔަ"އިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެ އެވެ.

އެ ހާދިސާގައި ހަތަރު މީހަކު ސަލާމަތްކުރިއިރު ތިން މީހަކު ގެއްލުނެވެ. ގެއްލުނު މީހުންގެ ތެރޭގައި ދެ ބިދޭސީންނާއި ދިވެއްސަކު ހިމެނެ އެވެ.

އެ ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން ގެންދާއިރު ހެނދުނު އެންމެ ފުރަތަމަ ފެނުނީ ގއ.ދާންދޭ، އަހުމަދު ޝިފާން(38އ.)ގެ ހަށިގަނޑެވެ.

އެމްއެންޑީޢެފްއިން މިއަދު ހަވީރުވާން އުޅެނިކޮށް ބުނީ ގެއްލުނު އިތުރު މީހެއްގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ ތަފްސީލެއް ނުދެއެވެ.

އެ ހާދިސާއާ ގުޅިގެން ގެއްލުނު މީހުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ގެ މަސައްކަތް ވަޔާއި، ކަނޑުގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ހުއްޓުމެއްނެތި އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލީ އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށެވެ.