ޚަބަރު

ކޮލަމާފުއްޓަށް ޑްރަގު އެތެރެކުރަން އުޅުނު ހަތަރު ޒުވާނަކު ހައްޔަރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެ، އެ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން ބުނި ގޮތުގައި އެއީ މިދިޔަ ބުރާސްފަތި ދުވަހު ލިބުނު އިންޓެލް މައުލޫމާތަކާ ގުޅިގެން ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިގެން ހައްޔަރުކުރި ހަތަރު މީހެކެވެ.

ހައްޔަރުކުރި ހަތަރު މީހުންނަކީ:

  • ހަސަން ރައްޔާން ރާޝިދު، ކައުސަރު ގއ. ކޮލަމާފުށި (26 އަހަރު)
  • އިސްމާއީލް ހައިޒަމް ހަބީބް، ސޯސަންގެ ގއ. ކޮލަމާފުށި (22 އަހަރު)
  • އަލީ ޖަނާހް ޖައުފަރު، ޝަބްނަމްގެ ގއ. ކޮލަމާފުށި (25 އަހަރު)
  • އިބްރާހިމް އަޒާން މުހައްމަދު، ލީނާމަންޒިލް ގއ. ކޮލަމާފުށި (19 އަހަރު)

މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ކުރި 30 ޙަބަރު ޕެކެޓަކާއި ފިލްމު ހުސްކުރި ދެ ދަޅާއި ހަތް ސެލޯފިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަކެތީގެ ބަރުދަން 45 ގްރާމަށް އަރަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ހައިޒަމްގެ ބަންދަށް 12 ދުވަސް އަދި ދެން ތިބި މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.