ޓެކްއެންޖް އެކްސްޕޯ 2025 ޕަވާޑް ބައި ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް ފެއާ ފަށައިފި
ޓޫރިޒަމް ސިނާއަތުގެ ޓެކްނޮލޮޖީއާއި އިންޖިއަރިންއަށް ހާއްސަކޮށްގެން ޓެކްއެންޖް އެކްސްޕޯ 2025 ޕަވާޑް ބައި ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް ފެއާ ހުޅުމާލޭގައި ހުޅުވައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ފެއާ ފައްޓަވައި ދެއްވީ ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް ވައިސް ޕްރެސިޑެންޓް ފެރޫޗިއޯ ލެމްބޮގިނީ އެވެ. - މިއީ މި ފެއާގެ މެއިން ސްޕޮންސާއެވެ.
ފެއާ ހުޅުއްވައި ދެއްވުމުގެ ގޮތުން އޭނާ ވިދާޅުވީ ރާއްޖެ ފަދަ ޓޫރިޒަމްގެ މުހިންމު މަންޒިލެއްގައި ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސްގެ އުފެއްދުންތައް ތައާރަފުކުރަން ލިބުމަކީ ލިބިގެން ދިޔަ ބޮޑު އުފަލެއްކަމަށެވެ.
މި ފެއާ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ 28އިން 30އަށެވެ. މި ފެއާ އިންތިޒާމު ކުރާ އޮމްނިބޮކްސް އިވެންޓްސް ކުންފުނިން ބުނި ގޮތުގައި މި ފެއާ ވެގެންދާނީ ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ތިމާވެއްޓާއި ރަހުމަތްތެރި އިންޖިއަރިން އަދި ޓެކްނޮލިޖީއެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ އިވެންޓަކަށެވެ. މި އިވެންޓުގައި އިންޖިއަރިން ޓެކްނޮލޮޖީ ފީލްޑުގެ އެންމެ ބޮޑު މާކެޓެއް އޮތް ޓޫރިޒަމް ސިނާއަތަށް ހާއްސަ ސޮލިއުޝަންތައް ފެނިގެންދާނެއެވެ.
މައިގަނޑު 10 ދާއިރާއެއްގެ ޓެކްނޮލިޖީ ފެނިގެންދާނެ
މި އިވެންޓުގައި މައިގަނޑު 10 ދާއިރާއަކުން އުފެއްދުންތަކާއި ޓެކްނޮލޮޖީ ދައްކާލަން ބަހައްޓާފައި ވެއެވެ. އެގޮތުން ކަރަންޓު އުފެއްދުމާއި އިޔާދަކުރަނިވި ހަކަތައިގެ ބައި އަދި ފެނުގެ ހިދުމަތްދޭ ޓެކްނޮލޮޖީގެ އިތުރުން މެކޭނިކް ސިސްޓަމް އަދި ވޭސްޓްވޯޓާ އެންޑް ސުވަރޭޖް އަދި ޓްރާންސްޕޯޓް އަދި ލޮޖިސްޓިކްސްއާއި ހޮސްޕިޓާލިޓީ ޓެކްނޮލޮޖީސް ހިމެނެއެވެ.
ސްޕޮންސަރުންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް
ޓައިޓަލް ސްޕޮންސާ : ޓޮނިނޯ ލަމްބޮރްގީނީ ގޯލްފް ކާޓްސް
މެއިން ސްޕޮންސާ : އޮކްޓޮޕަސް ސިސްޓަމްސް
އެސޯސިއޭޓް ސްޕޮންސަރުން: ރަކަސް ނެޓްވޯކްސް އާއި ހުވާވޭ ޑިޖިޓަލް ޕަވާ
ކެޓަގަރީ ސްޕޮންސާ : އެޓޯލް ސޯލާ އަދި ގްރަންޑްފޮސް
އެޗްއެސްއައިއޭ ޕްރޮވައިޑާ : ނޮމަޑިކްސް – އަސާ އަބްލޯއީ
މީޑިއާ ޕާޓްނާ : ހޮޓެލިއާ މޯލްޑިވްސް
ލޮޖިސްޓިކްސް ޕާޓްނާ : ސެންޗުރިއަން ޓްރާންސްޕޯޓް ސޮލިއުޝަންސް
ހޮޓެލް ޕާޓްނާ : ދަ ސޮމާސެޓް ހޮޓެލް
ޕްރިންޓް ޕާޓްނާ : ޕްރިންޓް ވޯކްސް
އިންޓަނެޓް ޕާޓްނާ : ރައިޑް މޯލްޑިވްސް
ސޭފްޓީ އެންޑް އެމް ސެކިއުރިޓީ ޕާޓްނާ : ގޭޖް
ކޮފީ ޕާޓްނާ : ކޮފީ ސްޓޭޓް
ކެޓަރިން ޕާޓްނާ : ކްލޭ ސްޓޫޑިއޯ ކެފޭ
އޮމްނިބޮކްސް އިވެންޓްސްއިން އިން ބުނީ މި ފެއާގެ ތެރެއިން މި ދާއިރާގެ މާހިރުންނާ ބައްދަލު ވެެގެންދާނެ އެވެ. އޮމްނިބޮކްސް އިވެންޓްސް ކުންފުނިން ބުނި ގޮތުގައި މި އިވެންޓު ބާއްވަނީ ގިނަ ފަރާތްތަކެއްގެ އެންޑޯސްމަންޓް ލިބިގެންނެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި ވިޒިޓް މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އިތުރުން ދަ ނޭޝަނަލް ހޮޓެލްސް އެންޑް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ހިމެނެއެވެ.

