Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

"ރަސްވަތި" މި ބުނަނީ ކީކޭ؟

"ރަސްވަތި" މި ބުނަނީ ކީކޭ؟

ފޭސްބުކް، އެކްސް، ޓެލެގްރާމް އަދި ޓިކްޓޮކްގައި މިހާރު އެންމެ ބޮޑަށް އާންމުވެފައިވާ އެއް ބަހަކީ "ރަސްވަތި" މި ބަހެވެ. "އިންގިލާބީ ބަދަލު" ގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "ރަސްވަތި" އަކީ ކޮން އެއްޗެއްތޯ ދިވެހިންގެ ގިނަ ބައެއްގެ ހިތުގައި މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މީސް މީޑިއާ ޕްލެޓްފޯމްތަކުގައި އެންމެ ފުރަތަމަކޮޅު ފެންނަން ފެށީ ޓިކްޓޮކްގައި ވަރަށް މަޝްހޫރު އިންފްލުއެންސާއެއްގެ "ފަރި" ހަރަކާތްތަކެއް ދައްކާލާ ތަނެވެ. ދިވެހި ފިރިހެން ޒުވާނާގެ އެ ނެށުމަށް ވަރަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ. އެކަމަކު، އެކަކަށް ވެސް މި ވެގެން އުޅޭ ގޮތެއް ނޭނގެއެވެ.

އޭގެ ފަހުގައި ދޫކޮށްލި ވީޑިއޯ އިން ފެންނަނީ "ރަސްވަތި" މި ބަހުގެ މާނައާ ގުޅޭ ގޮތުން އާންމުންނާ ސުވާލު ކުރާ ވީޑިއޯއެކެވެ. ގިނަ މީހުންނަށް މި ބަހުގެ މާނައެއް ބުނެދޭން ނޭނގުނެވެ. އަދި "ރަސްވަތި" އޭ ބުނުމުން ސިފަވާ ކަމެއް ގިނަ މީހުންނަށް ބުނެ ނުދެވުނެވެ.

Advertisement
Allied — Dhen Online (box)

އެކަމަކު، މަދު ބަޔަކު އޭގެ ޖަވާބު ވެސް ދިނެވެ.

އެ ތަނުން ދެ ޒުވާނަކު ޖަވާބު ދިން ގޮތުގައި "ރަސްވަތި" އޭ ބުނުމުން ހިތަށް އަންނަނީ "ރަސްފަންނު"އެވެ. އެހެން މީހަކު ބުނި ގޮތުގައި "ރަސްވަތި" އޭ ބުނީމަ ހިޔާލަށް އަންނަނީ ރޯޔަލް ނުވަތަ ޝާހީ އެއްޗެއްގެ ގޮތުގައެވެ.

އެ ވީޑިއޯގައި ސުވާލުކުރި ކުރި ޒުވާނާ ވެސް ބުނީ "ރަސްވަތި" އޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ގިނަ ބަޔަކަށް އެނގިފައި ނުވާ ކަމަށެވެ. އެކަމަކު، ވަރަށް އަވަހަށް އެއީ ކޮން އެއްޗެއް ކަން އެނގިގެންދާނެ ކަމަށާއި ރައްޔިތުން އިންތިޒާރު ކުރުމަށް އެދިފައިވެއެވެ.

އެހެން ވީޑިއޯއެއްގައި "ރަސްވަތި" އާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެކަކު ބުނެފައިވަނީ ހީވަނީ "އުނދުޅިއެއް" ހެން ކަމަށެވެ.

"މާނަވަނީ ގަހެއްގައި އަޅާ ބޮޑު މާ ގަނޑެއްހެން،" ރަސްވަތިއޭ ބުނުމުން މާނަވަނީ ކޮން އެއްޗެއްތޯ އެހުމުން އިތުރު މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނެފައިވަނީ "ރަސްވަތި" އޭ ބުނުމުން ހިތަށް އަރަނީ "ރަސްކަން" ކަމަށެވެ.

"ރަސްވަތި" އެއީ ކޮން އެއްޗެއް ކަން ކުރިއަށް އޮތް ތަނުގައި އާންމުންނަށް އެނގޭނެއެވެ. ދިވެހިން މާ ގިނަ ދުވަހަކު ދެން އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ.

"ރަސްވަތި" ފޭސްބުކް ޕޭޖް
"ރަސްވަތި" އެކްސް އެކައުންޓް
"ރަސްވަތި" ޓިކްޓޮކް އެކައުންޓް
"ރަސްވަތި" އިންސްޓަގްރާމް އެކައުންޓް

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް